ރ.އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އަބްދުﷲ ޖާވިދު (ޖާ) ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް ތާއީދުކޮށްފައިވަނީ ޖާވިދުގެ ބަންދަށް ދަށު ކޯޓުން 15 ދުވަސް ދިނުމުން އޭނާ ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި އެވެ.
ޖާވިދަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅެވެ.
ޖާވިދުގެ ބަންދަށް މި މަހު 4 ގައި ކްރިމިނަލް ކޯޓުން ދިން 15 ދުވަސް މި ހަފްތާ ތެރޭގައި ހަމަވާނެ އެވެ. ޖާވިދު ހައްޔަރުކޮށްފައިވަނީ އަފްރާޝީމްގެ މަރުގެ މައްސަލައިގައިކަން ފުލުހުން ކަށަވަރުކޮށްނުދިން ނަމަވެސް އެމްވީޔޫތަށް ވަނީ އެކަން ކަށަވަރުވެފައެވެ.
ޖާވިދުގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ