ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބަލް ގާސިމް އިބްރާހީމް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އޮނަރަބްލް ގާސިމް އިބްރާހީމް، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލާފައިވާ ކަމަށެވެ
އެހެން ކަމުން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ގާސިމް އިބްރާހިމް ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ގަބޫލު ކޮށްފައިވާ ކަމަށްވެސް ހަބީބް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައިވަނީ މިއަދުއެވެ. ރިޔާސީ އިންތިޚާބުގައި ގާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޑރ އަމީން އިބްރާޙީމްއެވެ.
ގާސިމް އިބްރާހިމް ގެ ކެނޑިޑެސީ އީސީން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ