ބެލިންހަމް އަށް އަލޮންސޯގެ ތައުރީފު، ވިނީޝިއުސްގެ ވާހަކަ ނުދެއްކި ބެލިންހަމް އަށް އަލޮންސޯގެ ތައުރީފު، ވިނީޝިއުސްގެ ވާހަކަ ނުދެއްކި

މެޑްރިޑް (އޮކްޓޫބަރު 27) - ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ބާސެލޯނާ އަތުން ރެއާލް މެޑްރިޑުން މޮޅުވި މެޗުގައި ޖޫޑް ބެލިންހަމް ދެއްކި ކުޅުމަށް ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ތައުރީފުކުރިއިރު، އެ ޓީމުގެ ވިނީޝިއުސް ޖޫނިއާގެ ހަރަކާތްތައް ހުރި ގޮތާ މެދު ވާހަކަ ދައްކަން ދެކޮޅު ހަދައިފި އެވެ.
ރެއާލުން ރޭ ވަނީ 2-1 އިން ބާސެލޯނާ ބަލިކޮށް، ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި މެޗުގައި ރެއާލަށް އެއް ލަނޑު ޖަހައިދިނުމުގެ އިތުރުން އަނެއް ލަނޑަށް ފުރުސަތު ތަަނަަވަސްކޮށްދިނީ ބެލިންހަމް އެވެ.
އަނިޔާ އިން ރަނގަޅު، ކުރީގެ ފިޓްނަސް އަށް އެނބުރި އައިސް މޮޅު ކުޅުން ދައްކަން މަސައްކަތް ކުރަމުން އަންނަ ބެލިންހަމް އަށް ރޭގެ މެޗަށް ފަހު އަލޮންސޯ ވަނީ ތައުރީފުކޮށްފަ އެވެ.
"އަހަރެމެންނަށް މި މެޗުގައި ވެސް ފެނިއްޖެ، ޔުވެންޓަސްއާ ދެކޮޅަށް ވެސް، ގެޓާފޭއާ ކުޅުނު މެޗުގައި ވެސް. މި ތިން މެޗަށް ބެލިޔަސް ބެލިންހަމްގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް،" އަލޮންސޯ ބުންޏެވެ.
އޭނާ ބުނީ، އަނިޔާއަކަށް ފަހު އައިސް ރަނގަޅު ކުޅުން ދައްކަން ވަގުތު ނަގާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. އަދި، ބެލިންހަމް ފޯމަކަށް އެޅެން އެންމެ މަސައްކަތް ކުރީ އެންމެ ފަހުން އައި އިންޓަނޭޝަނަލް ބްރޭކުގައި ގައުމީ ޓީމަށް ނުގޮސް ރެއާލުގައި ހުރެ ކުރި މަސައްކަތުންކަން އަލޮންސޯ ވަނީ ފާހަގަކޮށްފަ އެވެ.
ރޭގެ މެޗުގެ 72 ވަނަ މިނިޓްގައި، ރެއާލުން ވަނީ ވިނީޝިއުސް ޖޫނިއާގެ ބަދަލުގައި ރޮޑްރީގޯ ކުޅެން އަރުވައިފަ އެވެ. ވިނީޝިއުސް ވަނީ އެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އަލޮންސޯ ބުނީ، ޓީމަށް ބޭނުންނުހިފޭ ވާހަކަ ދައްކަން ވަގުތު ނެތް ކަމަށާއި ނަތީޖާ ނެރެން ވިނީޝިއުސްގެ ފަރާތުން އުންމީދުކުރި ކަންތައްތައް ފެނިގެންދިޔަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ