ގައުމީ ބަހުސަކަށް ދިޔަ ހެދުމުގެ ޑިޒައިނަރަށް “މޮޅު އެވޯޑެއް”! އެމްއެމްސީޕީގެ ދަށުން އިމިގްރޭޝަނުން މިއަދު ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފި ހައްޖު ކޯޕަރޭޝަނުން ހުޅުމާލެއިން 21 މިލިއަން ރުފިޔާގެ ބިމެއް ގަނެފި ލަންކާއިން ބައިނަލްއަގުވާމީ އެހީއަށް
އެމެރިކާގެ ނޯދަން ކެލިފޯނިއާގެ ސްޓޮކްޓަންގައި ބޭއްވި ކުޑަކުދިންގެ ޕާޓީއެއްގެ ތެރޭގައި ބަޑިޖަހައި ހަތަރު މީހުން މަރާލައިފި އެވެ. މި ހިތާމަވެރި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ރޭ އާއިލީ ހަފުލާއެއް ކުރިއަށް ދަނިކޮށް ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. ސެން ޖަކިން ކައުންޓީ ޝެރިފް އޮފީހުން ބުނި ގޮތުގައި މި ހަމަލާގައި ޖުމްލަ 14 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުން މަރުވެފައިވާކަން އެ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ހިމެނޭއިރު، އެ އެންމެންނަށް މިހާރު އަންނަނީ ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދެމުންނެވެ. މި ހަމަލާ ދޭން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ. ޝެރިފް އޮފީހުން ސޯޝަލް މީޑިއާގައި ބުނީ، މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ