ހިމަބިހި ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެ ރިޔާސީ ރޭހަށް ނުކުންނާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި – ފާރިސް އައްޑޫ ސިޓީގައި ކުނީގެ މައްސަލައަށް އަންނަ އަހަރު ޙައްލު ލިބޭނެ- މޭޔަރ ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ޑރ.އަމީން ހަމަޖައްސައިފި މަގުބޫލު ލިޔުނ

ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެދިވަޑައިގެންފައިވަނިކޮށް، އެހެން ކެންޑިޑޭޓަކު ނެރުމާ މެދު ކޯޅުން ބޮޑުވެ، ދެ ޕާޓީގެ ރަސްމީ ތައްގަނޑު ފޮރުވައިފިއެވެ.
އިންތިޚާބުގައި ރައީސް ޔާމީނަށް މަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އަންގަވާފައެވެ. އަދި ރައީސް ޔާމީން އެންގެވި ގޮތަށް، އިންތިޚާބު ބޮއިކޮޓު ކުރުމާ މެދު ވޯޓަށް އަހަން އުޅުމުން އެ ޕާޓީގެ ސެނެޓު ބައްދަލުވުން ހޫނުވެ، މެދުކަނޑާލިއެވެ.
އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި އަގުލަބިއްޔަތުން ނިމުނީ އިންތިޚާބު ބޮއިކޮޓު ނުކުރާ ގޮތަށެވެ. އެކަމާ ލީޑަޝިޕުގެ ތެރޭގައި ކޯޅުން ބޮޑުވެ، ޔާމީންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރުމަށް ހުރަސް އެޅުމުގެ ގޮތުން، ލީޑަޝިޕުގެ ބައެއް ބޭފުޅުން ވަނީ ދެ ޕާޓީގެ ރަސްމީ ތައްގަނޑު ފޮރުވައިފަ އެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ބޭނުންވާ ބޭފުޅުން ޕީއެންސީގެ ސްޓޭމްޕް ފޮރުވިއިރު، އިލެކްޝަންސް ކޮމިޝަންސް (އީސީ) އަށް ހުށަހަޅަން ޖެހޭ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒުގެ ލިޔުންތަކުގެ ސްޓޭމްޕް ޖަހާފައިވާކަން ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އަދި މުއިއްޒުގެ ކެނޑިޑެސީ ފޯމު މިއަދުގެ ވަގުތެއްގައި އިލެކްޝަންސްއަށް ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް މުއިއްޒުގެ ފަރާތުން އަންނަނީ ވަމުންނެވެ.
މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ބަލައި އިދިކޮޅުން ވާދަ ކުރައްވާނީ މުއިއްޒު ކަމަށް ނިންމައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ