ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ކުރެވިފައިވަނީ އެންމެ ފުރިހަމަ ވެރިކަންތަކެއް ނޫން ކަމަށާއި ގޯސްތަކެއް ހެދިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ގައުމު ހަމަމަގަށް އެޅުވުމުގެ ނަމުގައި ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ތިން ބޭފުޅުން އެކުގައި ނުކުމެވަޑައިގެން ތިއްބެވީ ކުރީގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ވެރިކަންތައް ކަމަށް ދެކިވަޑައިގެން ނޫން ކަމަށެވެ.
ކަންކަން ގޯސްކޮށް ހިނގާފައި ވެސް ހުންނާނެ ކަމަށާއި އެއީ ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށްޓަކައި އެކުގައި މަސައްކަތް ނުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި ރައްޔިތުންގެ ހައްގުތަކާއި މާލީ ތަނަވަސްކަމަށް އޮތް ބިރުވެރިކަމާ މެދު ތިން ރައީސުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ތިން ވެރިކަން ވެސް ކުރެވުނީ އެންމެ ފުރިހަމައަކަށް ނޫން، ގޯސްތައް އެބަހުރި: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ