ރާއްޖޭގެ އެކި ހިސާބުތަކުގައި އަޟްޙާ އީދުގެ ހަރަކާތްތައް އުރީދޫއާ އެކު!

މިއަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މި ހަރަކާތްތަކަކީ މުޖުތަމައުގައި ޢީދުގެ އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރުކުރުމުގެ މަގްސަދުގައި އުރީދޫއިން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. · މާލެ އަދި ހުޅުމާލޭގައި ޢީދު ބޯކިބާ ބެހުން އުރީދޫއިން ކޮންމެ ޢީދަކާ ގުޅުވައިގެން ކުރިއަށްގެންދާ ޢީދު ބޯކިބާ ބެހުން، މި އަޟްޙާ ޢީދުގައިވެސް އުރީދޫގެ ޓީމުން ވަނީ މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައެވެ. މިއީ ޒަމާނުއްސުރެ ޢީދު ނަމާދަށްފަހު ހެނދުނުގެ ސަޔާއެކު ބޯކިބާ ކެއުމުގެ ސަގާފީ އާދަކާދައާއި ގުޅުވައިގެން އުރީދޫއިން ކުރިއަށްގެންދާ ހަރަކާތެކެވެ. · ޢީދު ހަދިޔާ ބެހުން ޢީދުގެ އުފާ ފާހަގަކޮށް، އާއިލާތަކަށް ހިނިތުންވުމާއި އެކުވެރިކަމުގެ ވަގުތުތަކެއް ފަހިކޮށްދިނުމަށް، އުރީދޫގެ ފަރާތުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ކުޑަކުދިންނަށް ޚާއްޞަކޮށް ޢީދު ހަދިޔާ ބަހާފައެވެ. · މާލެ ސަރަހައްދުގައި އެމް.އެން.ޑީ.އެފް އިން ބާއްވާ 'ޢީދު އުފާ' ކުޑަކުދިންގެ ހަވީރުގައި ބައިވެރިވުން މާލެ ސަރަހައްދުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިންތިޒާމުކުރާ 'ޢީދު އުފާ' ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމަށްޓަކައި އުރީދޫއިން ވަނީ މި ހަވީރުގައި ފޯމް ޕާޓީ ބޭއްވުމަށް އެހީތެރިވެފައެވެ. · ތ. ކިނބިދޫގެ 'ބޮޑު ކުންބުސް' ސަަގާފީ ހަރަކާތަށް އުރީދޫއިން ވަނީ ޕާޓްނަރ ވެފައެވެެ. ތ. ކިމްބިދޫގައި ކުރިޔަށްދިޔަ 'ބޮޑު ކުންބުސް' ތައްޔާރުކުރުމުގެ ހަރަކާތަށް އުރީދޫއިން ވަނީ ޕާޓްނާރ ވެފައެވެ. މިއީ އެ ރަށުގެ ރައްޔިތުން އެކުވެގެން ސަގާފީ ބޮޑު ކުންބުސް ފިހެ، ރަށުގެ ކޮންމެ ގެއަކަށް ޢީދު ހަދިޔާއެއްގެ ގޮތުގައި ބަހާ ވަރަށް ފާހަގަކޮށްލެވޭ ތާރީޚީ އަދި ސަގާފީ ހަރަކާތެކެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ޢީދު އުފާ ފާޅުކުރުމުގެ އެކި ހަރަކާތްތަކުގައި، އޫރީދޫ މޯލްޑިވްސް އިން "ޑިޖިޓަލް ޕާޓްނަރު" ގެ ގޮތުގައި ވަނީ ބައިވެރި ވެފައެވެ. މިގޮތުން ޕާޓްނަރުވެފައިވާ ހަރަކާތްތަކުގެ ތެރޭގައި: · އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ "އައްޑޫ ސިޓީ އީދު ސަމާ 1447 · މިޝްކާތު ފައުންޑޭޝަނުން މަރަދޫފޭދޫގައި ބާއްވާ "މަރަދޫފޭދޫ އީދު ފޯރި 1446" · ބ. ކަމަދޫ ކައުންސިލުން ބާއްވާ "ކަމަދޫ އީދު އުފާ 1447" · ރ. ރަސްމާދޫ ކައުންސިލުން ބާއްވާ "ރަސްމާދޫ އީދުލްއަޟްޙާ 1447" · ރ. ދުވާފަރު ކައުންސިލުން ބާއްވާ "ދުވާފަރު އަލްހާ އީދު ފޯރި 1447" · ކ. ތުލުސްދޫ ކައުންސިލުން ބާއްވާ "ތުލުސްދޫ އަލްހާ އީދު 1447" · ގދ. މަޑަވެލި ކައުންސިލުން ބާއްވާ "މަޑަވެލި ބޮޑު އީދު 1447" · ވައި.ޑީ ސްޕޯޓްސް ކްލަބުން ވިލިމާލޭގައި ބާއްވާ "ވައިޑީ ވިލި އީދު ފޯރި" އުރީދޫ އަކީ އަބަދުވެސް ކޮންމެ ޢީދަކާ ދިމާކޮށް މިފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންދަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ