ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ޕީޕީއެމް ޕީއެންސީން ނާއިފް ޝައުކަތު ވާދަކުރަން ނިންމައިފި!

ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް ގޮނޑިއަށް ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ނާއިފް ޝައުކަތު މިކަން އާންމު ކުރައްވާފައިވަނީ ފޭސްބުކް ސްޓޭޓަސްއެއްގައެވެ.
މިކަން އިއުލާނު ކުރައްވަމުން ނާއިފް ވިދާޅުވެފައިވަނީ ހެންވޭރު ހެންވޭރު ހުޅަނގު ދާއިރާގެ2024ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ ވަރަށް ވިސްނާފައިކަމަށެވެ.
ޑރ. މުހައްމަދު މުއިއްޒު މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށާއި އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީސް ތެރެއިން އެއްބާރުލުންދީ، ކޮށްދެވެންހުރި ހުރިހާމަސަތްކަތެއް ކޮށްދިނުމަކީ އޭނާގެ އަމާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ