ކުކުޅު ފިހާރަ: ބޯވަދިލަމަސް ކޭހަކުން 100ރ ހެޔޮކޮށްފި
ކުކުޅު ފިހާރަ އިން ވިއްކާ ބޯވަދިލަމަސް ކޮންމެ ކޭހަކުން 100ރ. ހެޔޮކޮށްފި އެވެ.ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، އެ ފިހާރައިން ކުރިން 1،490ރ އަށް ވިއްކަމުން ދިޔަ ބޯވަދިލަމަހުގެ އެއް ކިލޯގެ 10 ޕެކެޓް ހިމެނޭ ކޭހަކުން 100ރ. ހެޔޮ ކުރުމާއެކު މިހާރު ކޭހެއް 1،390ރ. އަށް ލިބޭނެ ކަމަށެވެ. ގަނޑުކުރި ކުކުޅާ ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ކުކުޅު ފިހާރައިން ލިބެން ހުންނާނެ އެވެ.މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެ އެވެ.ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ