ފޭސްބުކް މާކެޓްޕްލޭސް ސްކޭމްގެ އިސް މީހަކާ އެކު 2 މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ވީކިހިނެއް؟ - މި ދެ މީހުން ހައްޔަރުކުރިކަން ހާމަކޮށް، ފުލުހުންގެ މީޑިއާ ވެބްސައިޓްގައި އެ މައުލޫމާތު ވަނީ މިއަދު ޝާއިއުކޮށްފަ އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި، ސްކޭމް ހިންގުމުގެ އިސް މީހެއް ކަމަށް ތުހުމަތުކޮށް ހައްޔަރުކުރީ ނަދީފް މުހައްމަދު، 36، ރަންކޮކާގެ/ގއ. ގެމަނަފުށި އެވެ. އެ ގޮތުން:
އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު
ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ކޭޝް ކާޑުތަކަކާއި ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާ އާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވޭ
މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއް ކަމަށް ތުހުމަތުކުރެވޭ
އޭނާގެ ބަންދަށް ޖެހީ ފަސް ދުވަސް
ދެން ހައްޔަރުކޮށްފައިވަނީ ނޭޕާލް މީހެކެވެ. މި މަހުގެ 7 ވަނަ ދުވަހު ހައްޔަރުކުރީ ނަކުލް ކޭ ސީ، 23، އެވެ. އެ ގޮތުން:
އޭނާ ހައްޔަރުކުރަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި
އޭނާގެ ބަންދަށް ކޯޓުން 12 ދުވަސް ޖެހި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ