ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް ފުރިހަމަ މައުލޫމާތު ދީފައިނުވާ މީހުން އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހޯދައި، ރާއްޖެއިން ޑީޕޯޓް ކުރަން ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްނި ނޫސްވެރިންގެ ބައްދަލުވުގައި އޭނަ ވިދާޅުވީ ބިދޭސީން ބައޯމެޓްރިކް ޑޭޓާ ނަގަން ފެށި "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މިހާތަނަށް 206,000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ވަގުތު މައުލޫމާތު ނުދީ ތިބީ 2,933 މީހުން ކަމަށާއި، އަންނަ މަހު ފަށާ އޮޕަރޭޝަންގެ ތިންވަނަ މަރުހަލާގައި އެ މީހުން ހޯދައި ހައްޔަރުކުރުމަށް ފަހު ޑީޕޯޓް ކުރަން ފަށާނެ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ ނިސްބަތް މިދިޔަ ދެ އަހަރު ތެރޭގައި 28.97 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ދެން ވިސާ ފީ ނުދައްކައި އުޅޭ ބިދޭސީން ވެސް ޑީޕޯޓްކުރާނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ފަރާތަކަށްވެސް، އެ ފަރާތުގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ވާކް ޕާމިޓާއި ވިސާގެ ސްޓޭޓަސް ސިސްޓަމުން ފެންނާނެ،" އިހްސާން ވިދާޅުވި އެވެ.
ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓް ކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ