އަންނަ އަހަރުގެ ދިރާސީ އާ އަހަރު ސަރުކާރުގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1އަށް ކުދިން ވެއްދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ވެސް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، ހުށަހަޅާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރު ކުރުމާއި، ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑްރެސް އަދި މޯބައިލް ނަމްބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑްރެސް އަދި މޯބައިލް ނަމްބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީކުރެވޭނެ މައުލޫމާތު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދިވެހި ދަރިވަރެއްނަމަ:
ބިދޭސީ ދަރިވަރެއްނަމަ:
ދިރިއުޅޭ ގޭގެ މައުލޫމާތު ހުށަހެޅުމުގައި، އަމިއްލަ ގެއެއްނަމަ ގޭގެ ރަޖިސްޓްރީ، އަދި ކުއްޔަށް ދިރިއުޅޭނަމަ ކުލީގެ އެގްރީމެންޓްގެ ފުރަތަމަ އަދި ސޮއިކޮށްފައިވާ ފަހު ސަފްހާ ހުށަހަޅަންޖެހެ އެވެ.
ބެލެނިވެރިޔާ ނޫން މީހަކު ނަމުގައިވާ ތަނެއްގައި ދިރިއުޅޭނަމަ، އެތަނެއްގައި ދިރިއުޅޭކަމުގެ އިގްރާރާއި ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ ވެސް ހުށަހަޅަން ޖެހެ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ، ދަރިވަރުން ސްކޫލަށް ވެއްދުމުގައި އުމުރުފުރާ ބަލާނީ މިދިޔަ އަހަރު ވެސް ބެލި ގޮތަށް ކަމަށެވެ.
އަންނަ އަހަރަށް ސްކޫލުތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ