ކޮންފެޑަރޭޝަން އޮފް އިންޓޭޝަނަލް ކޮންޓްރެކްޓާސްގެ ސަޕޯޓިން މެންބަރަކަށް ހަރިމް

މި ޖަމިއްޔާއަކީ ދުނިޔޭގެ މަސައްކަތުގެ ދާއިރާގައި އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ އެވެ. މެންބަރުންގެ ގޮތުގައި އެތައް މިލިއަން ޕްރޮފެޝަނަލުން ތިބި އެއް ޖަމިއްޔާ އެވެ.
ދުނިޔޭގެ ގިނަ އަދަދެއްގެ ކޮންޓްރެކްޓަރުން ހިމެނޭ، ކޮންޓްރެކްޓްތައް އަސާސެއްގެ މައްޗަށް ބިނާކުރާ ޖަމިއްޔާ، ކޮންފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސް (ސީއައިސީއޭ) ގެ މެންބަރަކަށް ރާއްޖޭގެ ހޮޓެލް އެންޑް ރިސޯޓް އިންވެސްޓްމަންޓް (ހަރިމް) ހަމަޖައްސައިފި އެވެ. 
މީގެ 40 އަހަރު ކުރިން 1984 ގައި އުފެދިފައިވާ ސީއައިއޭއަށް ކޮންޓްރިބިއުޓް ކުރާ މެންބަރު ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގެ ހަރިމް ހަމަޖެހިގެން ދިއުމާއެކު، މީގެ ސަބަބުން ރާއްޖެއަށް މި ދާއިރާ އިން ގިނަ ފައިދާ ތަކެއް ލިބިގެންދާނެ އެވެ.  މި ޖަމިއްޔާއަކީ އެކައުންޓިން ސްޓޭންޑަޑްތަކާއި ކޮންޓްރެކްޓަރުންނާ ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތައް އެކުލަވާލައި ޕްރޮމޯޓްކޮށް، ޕްރޮފެޝަނަލް ފަރާތްތަކަށް ޗާޓަޑް އެކައުންޓެންޓިން ދާއިރާގެ ޕްރޮފެޝަނަލުން މެންބަރުންގެ ގޮތުގެ ގިނަ އަދަދެއްގެ ޕްރޮފެޝަނަލުން ތިބި އެއް ޖަމިއްޔާ އެވެ. މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް މި ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ ފުރަތަމަ ފަހަރެވެ. 
ސީއައިއޭގެ ސަޕޯޓިން މެންބަރުކަމުގެ ލިޔުން ހަރިމްގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އެވެ. އަދި ސީއައިއޭގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ފިލިޕް ޑެސޯއީ އެވެ.
ކަޒަކިސްތާނުގައި މަރުކަޒު ހުންނަ ސީއައިއޭއަކީ 28 ގައުމުގައި މެންބަރުން ތިބި ބޮޑު ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެންބަރުންގެ އަދަދު އެތައް މިލިއަނަކަށް އަރަ އެވެ. މި ޖަމިއްޔާއަކީ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ