7000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

އޯލެވެލް އިމްތިހާން ކުރިއަށްދާނީ ޖޫން މަހުގެ 13 އާ ހަމައަށެވެ. އިމްތިހާނާއެކު އެޑިއުކޭޝަނާއި ދާއިރާގެ ފަރާތްތަކުން ވަނީ އިމްތިހާނު ހަދާ ދަރިވަރުންނަށް ކާމިޔާބީ އަށް އެދިފަ އެވެ.
ހަތްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވަލް އިމްތިހާނު ރާއްޖޭގައި ފަށައިފި އެވެ. 
މި އަހަރު އޯލެވަލް އާއި އެސްއެސްސީ އިމްތިހާނު 256 މަރުކަޒެއްގައި ކުރިއަށް ދާއިރު އޯލެވަލް އިމްތިހާނުގައި 7501 ދަރިވަރުން ބައިވެރިވެ އެވެ. އަދި 7133 ދަރިވަރުން އެސްއެސްސީ އިމްތިހާނު މި އަހަރު ހަދަ އެވެ. މި އަދަދުތަކަކީ މިދިއަ އަހަރަށްވުރެ 803 ދަރިވަރުންގެ އިތުރު ނިސްބަތެކެވެ. މިދިއަ އަހަރު އެ އިމްތިހާން ހެދީ 6،698 ދަރިވަރުންނެވެ. މިއަދު ފެށި އޯލެވެލް އިމްތިހާން ކުރިއަށްދާނީ ޖޫން މަހުގެ 13 އާ ހަމައަށެވެ. އިމްތިހާނާއެކު އެޑިއުކޭޝަނާއި ދާއިރާގެ ފަރާތްތަކުން ވަނީ އިމްތިހާނު ހަދާ ދަރިވަރުންނަށް ކާމިޔާބީ އަށް އެދިފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ