ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އިސްލާމިކް ސަމިޓުގައި ގޮވާލައިފި އިލެކްޝަންސް ކޮމިޝަނުގެ ރިޓަޔަމަންޓް އިނާޔަތުގެ ގަވާއިދު އުވާލައިފި ޑެންގީހުން ޖެހިގެން ކުޑަ 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ ފެނުގެ މައްސަލައަށް މަހެއް

ދުނިޔޭގެ ފުޓްސަލް ފިރިހެން ރޭންކިންގެ އެއްވަނަ ބްރެޒިލް އަށް ލިބިއްޖެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އާންމުކުރި ފުޓްސަލް ރޭންކިންގެ އެއްވަނަ ބްރެޒިލް އަށް ލިބުނީ 1568.41 ޕޮއިންޓާއި އެކުގައެވެ.
އެއްވަނަ ބްރެޒިލް އަށް ލިބުނުއިރު، ފީފާ ފުޓްސަލް ރޭންކިންގެ ދެވަނަ ލިބުނީ ޕޯޗުގަލްއަށެވެ. މީގެ ކުރިން ރޭންކުގެ ދެވަނައިގައި އޮތް ސްޕެއިން ފަހަތައް ޖައްސާލުމަށް ފަހު ޕޯޗުގަލް އިން ދެވައަށް ޖެހިލީ 1527.61 ޕޮއިންޓާއި އެކުގައިއެވެ. ރޭންކުގެ ތިންވަނައިގައި ސްޕެއިން އޮތީ 1514.42 ޕޮއިންޓާއި އެކުގައެވެ.
ތިންވަނަ އީރާނަށް ލިބުނުއިރު، ހަތަރުވަނަ ލިބުނީ އާޖެންޓީނާއަށެވެ. އީރާނަށް ތިންވަނަ ލިބުނީ 1469.33 ޕޮއިންޓު ލިބިގެންނެވެ. އަންހެން ފުޓްސަލް ދުނިޔޭގެ ރޭންކިންގް ގެ އެއްވަނަ ލިބުނީ ވެސް ބްރެޒިލްއަށެވެ. އެއީ 1364.75 ޕޮއިންޓާއި އެކުގައެވެ. ދެވަނަ ލިބުނީ 1302.33 ޕޮއިންޓާއި އެކު ސްޕެއިން އަށެވެ. އަދި ތިންވަނަ ލިބުނީ ޕޯޗުގަލްއަށެވެ. އެއީ 1266.33 ޕޮއިންޓާއި އެކުގައިއެވެ.
ފީފާ ފުޓްސަލް ފިރިހެން ރޭންކިންގް ގެ ގަދަ 10 ގައުމު:
ފީފާ އަންހެން ފުޓްސަލް ރޭންކިން ގަދަ ތިނެއް:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ