ޔޫކޭގެ ސްޓޭޓް މިނިސްޓަރެއް ސިއްރު ދަތުރުފުޅެއްގައި ރާއްޖޭގައި! މިއީ އިޒްރޭލާއި ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށް ޔަހޫދީން ފޮނުވާފައިވާ އެޖެންޓެއް!

އިނގިރޭސި ވިލާތުގެ އިންޑޯ-ޕެސިފިކް ސްޓޭޓް މިނިސްޓަރު، އޭން-މެރީ ސިއްރު ދަތުރުފުޅެއްގައި މި މޭއި މަހު 8 ގައި ރާއްޖެ ވަޑައިގެންފިއެވެ. މިއީ އިޒްރޭލާއި ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށް، އެމެރިކާއާއި، އިނގިރޭސިވިލާތާއި، އިޒްރޭލް ގުޅިގެން މުސްލިމް ޤައުމުތަކުގެ ވެރިން ކައިރިއަށް ފޮނުވަމުންދާ އެޖެންޓުން ކުރެ އެޖެންޓެކެވެ.
މީގެ ކުރިން ރާއްޖެއަށް ވަޑައިގެން މިފަދަ އެއްވެސް ދަތުރެއް ދިވެހި ސަރުކާރުން އަދި އިނގިރޭސި ސަރުކާރުން ސިއްރު ކޮށްފައި ނުވާއިރު، މި ދަތުރުފުޅު ސިއްރު ކޮށްފައިވަނީ، ސީދާ އިޒްރޭލުގެ އެދުމުގެ މަތިންނެވެ.
އިޒްރޭލާއި ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ހިންގުން ހުއްޓުވައި، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި، މަރަމުންދާ މުސްލިމުންގެ ހައްޤުގައި އިސްލާމީ ޤައުމުތަކުގެ ރައްޔިތުން ތެދުވުން ހުއްޓުވުމަށް އިސްލާމީ ޤައުމުތަކަށް އިޒްރޭލުގެ ފަރާތުން ވަނީ ގޮވާލާފައެވެ. މި ގޮތުން ރާއްޖެއަށް ފޮނުވާފައިވަނީ އިނގެރޭސި ވިލާތުގެ އިންޑޯ-ޕެސިފިކް ސްޓޭޓް މިނިސްޓަރު، އޭން-މެރީ އެވެ.
މުއިއްޒު އާއި، ފޮރިންގ މިނިސްޓަރ ޒަމީރު އިޒްރޭލުގެ އެޖެންޓާއި ބައްދަލު ކޮށްފައިވާއިރު، ޒަމީރުގެ ބައްދަލުވުން ހިނގާފައިވަނީ ރިސޯޓެއްގައެވެ. ޒަމީރު އާއި މުއިއްޒަށް ގިނަ އަދަދެއްގެ ފައިސާ އިޒްރޭލުން ހުށައަޅާފައިވާ ކަމުގެ މައުލޫމާތުވެސް ދިޔަވަރު ނޫހަށް ލިބިފައިވާއިރު، ކުއްލިއަކަށް ސައުދީ އަށް އުމްރާ ދަތުރެއްގެ ނަމުގައި މުއިއްޒު ފުރާފައި ވަނީ އިޒްރޭލާއި ގުޅޭ އިތުރު މަޝްވަރާތަކަށް ކަމަށް، ރައީސް އޮފީހުން ދިޔަވަރަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސަރުކާރުން ވަނީ އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް ކަނޑައެޅިގެން މިހާތަނަށް ދެކޮޅު ހަދާފައެވެ. އަދި މި ސަރުކާރުން ވަނީ އިޒްރޭލާއި ދެކޮޅަށް ރާއްޖޭގައި ދިވެހިން މުޒާހަރާ ކޮށްފިނަމަ، މުޒާހަރާތައް ގަދަކަމުން ރޫޅާލާނެ ކަމުގެ ޔަގީން ކަން އެމެރިކާ މެދުވެރިކޮށް އިޒްރޭލަށް ދީފައެވެ.
މުއިއްޒު ވަނީ ރާއްޖޭގެ ސަލަފު ޖަމިއްޔާ ތިބީ އޭނާއާއި އެކު ކަމުގައި ހާމަ ކޮށްފައެވެ. އަދި އެއިން އެއްވެސް ފަރާތެއް އިޒްރޭލާއި ދެކޮޅަށް މާ ބޮޑު އެއްޗެއް ނުބުނާނެ ކަމުގެ ޔަގީން ކަން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ