މީގެ 28 އަހަރު ކުރިން އުފަންވީ ޕާމް ޓްރީ މެރިން ޕްރައިވެޓް ލިމިޓެޑަކީ މެރިން، އިންޑަސްޓްރިއަލް އަދި ކަރަންޓު އުފެއްދުމުގެ ހައްލުތައް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ.
ޕާމް ޓްރީ މެރިން ވެގެން ގޮސްފައި ވަނީ މަސްދޯނި ފަހަރުން ފެށިގެން ޔޮޓާއި ބޮޑެތި އުޅަނދުފަހަރާ ހަމައަށް، ފެންވަރު ރަނގަޅު މެރިން އިންޖީނުގެ ސްޕެއާޕާޓްސް އަދި އާފްޓާ ސޭލްސް ސާވިސް ބަރާބަރަށް އިތުބާރާ އެކު ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ދިވެހި ކުންފުންޏަކަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ސޮލިއުޝަންތައް ފޯރުކޮށްދިނުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެތައް ވިޔަފާރިތަކަކާއި ޕްރޮފެޝަނަލުންގެ އިތުބާރު ކުރެވޭ ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ޕާމް ޓްރީ މެރިންގެ މެނޭޖްމަންޓުން ވިދާޅުވި އެވެ.
މެރިޓައިމް ދާއިރާއަށް ބޭނުންވާ ސާމާނާއި ހިދުމަތް އެއް ފުރާޅެއްގެ ދަށުން، 25 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ބްރޭންޑު ޑީލާޝިޕް އަދި 40 އަށްވުރެ ގިނަ ތަފާތު އެހެނިހެން ބްރޭންޑުގެ ތަކެތި އެންމެ ފުޅާ ދާއިރާއެއްގައި ލިބޭނެ އެއް ތަނަކީ ޕާމް ޓްރީ މެރިން އެވެ.
ޕާމް ޓްރީން ހިދުމަތް ދެމުން އަންނަ ބްރޭންޑުތައް
އިންޖީނާއި ޖަނަރޭޓަރު އަދި މެރިން އެކްސެސަރީޒް ވިއްކާ ފެންވަރު ރަނގަޅު ސްޕެއާ ޕާޓްސް، އާފްޓާ ސޭލްސް ސާވިސް އަދި ޓެކްނިކަލް ސަޕޯޓް، ދުނިޔޭގެ އެންމެ ނަން ހިންގާ މަރުކާތައް ޕާމް ޓްރީން ލިބެން އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ޖަރުމަނުވިލާތުގެ އެންމެ ވަރުގަދަ މެރިން އިންޖީނު، "މޭން" އާއި ކަނޑުގެ އަދި ސިނާއީ ބޭނުންތަކަށް އެންމެ އިތުބާރު ހިފޭ "ޖޯން ޑިއާ" އާއި މަޝްހޫރު ޕާކިންސް، މަތީ ފަންތީގެ ހޭންޑް ޓޫލްސް މަރުކާ "ފޯސް" އާއި ވެޓްސައުންޑްސްގެ މެރިން އޯޑިއޯ ސިސްޓަމް، ލުމިޓެކް ލެޑް ލައިޓިން ބޯ ޓު ސްޓާން ސޮލިއުޝަން، އަދި މެރިން ފިޓިންގްސް މަރުކާ ގުއިޑީގެ އުފެއްދުންތައް ހިމެނެ އެވެ.
ޕާމްޓްރީ އިން ވިއްކާ އިންޖީނު، ޖަނަރޭޓަރު، ނެވިގޭޝަން ސިސްޓަމް، ލައިޓިން، އެއާކޮންޑިޝަން، މެރިން ފެބްރިކްސް، ވޯޓާ ޕިއުރިފިކޭޝަން އަދި ސޭފްޓީ އިކުއިޕްމަންޓަކީ ވޭތުވެދިޔަ 28 އަހަރުގައި ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މެރިޓައިމް އަދި ޓޫރިޒަމް ދާއިރާގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެވެ.
ޕާމް ޓްރީ މެރިން: މެރިޓައިމް ދާއިރާގެ ހުރިހާ ހައްލެއް އެއް ފުރާޅެއްގެ ދަށުން ޕާމް ޓްރީ މެރިން: މެރިޓައިމް ދާއިރާގެ ހުރިހާ ހައްލެއް އެއް ފުރާޅެއްގެ ދަށުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ