ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރިޔަމް ޝަމްއާ އިސްމާއީލް އައްޔަނު ކުރައްވައިފި އެވެ.
އެކަމަނާ އެ މަގާމަށް އައްޔަނު ކުރައްވާފައިވާކަން ފާހަގަކުރަައްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ޝަމްއާ މިހާތަނަށް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓްގެ މަގާމުގަ އެވެ. އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ޝަމްއާ ވަނީ ބައެއް އެހެން އިދާރާތަކުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
Advertisement
ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގައި ކުރީން ހުންނެވި މަރިޔަމް ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ވިސާމް ވަނީ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގައި 11 އަހަރު ޚިދުމަތް ކުރައްވާފަ އެވެ.
އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރެއްވުމަށް ވަގުތު ހުސްކުރެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝަމްއާ އައްޔަނު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ