ދަރިމައިވުމުގެ ފަރުވާއާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް ދެނީ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ހުޅުދޫ މީހަކު ހޯދަނީ އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބެހުމަށް އެ ކުންފުނިން ނިންމައިފި ދުނިޔޭގައި ނަން ހިނގާ ފަތު

ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޖުލައި 1ގައި ފެށުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަަކަދައްކަވަމުން ވަޒީރު ވިދާޅުވީ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.
“އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް ވަނީ ނެގިފައި. އަދި ހުއްދަނެތް ވިޔަފާރިތައް ކުރުމާއި، ޤަވައިދާ ޚިލާފަށް އުޅުމާ، ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި 7549 ބިދޭސީން އަނބުރާ ޤައުމަށް ވަނީ ފޮނުވާލާފައި” ވަޒީރު އިހްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޖުލައި 1ވަނަ ދުވަހު ފަށާނެކަމަށާއި މި މަރުހަލާގައި ހިމެނޭނީ، ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ޤަވައިދުގެތެރެއަށް ވަނުމަށް އިތުރު ފުރުޞަތެއް ފަހިކޮށްދިނުމުގެ މަސައްކަތެވެ. މީގެއިތުރުން، ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދަޢުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ވަޒީރު ވިދާޅުވީ މި މައްސަލަ ޙައްލުވުމުގައިވެސް ކުރިއެރުންތައް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
“ބިދޭސީން ރާއްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ހޯދާފައި. ނަތީޖާއެއްގެ ގޮތުން ގަވާއިދާ ހިލާފަށް އުޅުނު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނީ ވަދެފައި” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބިދޭސީން ގެނައުމަށްފަހު، އެމީހުންލައްވަ މަސައްކަތްކުރުވަނީވެސް ގަވައިދާ އެއްގޮތަށްތޯ ބަލާނެކަމަށެވެ. އެގޮތުން އެންގުމެއްނެތި ރެއިޑްތައް ހިންގުމާއި މަސައްކަތު ސައިޓްތައްވެސް މޮނިޓަރކުރާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ނުދައްކާހުރި ފައިސާގެ ތެރެއިން ބިދޭސީންނާ ގުޅުންހުރި ފީތަކުގެ ގޮތުގައި ކަމާގުޅޭ އިދާރާތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ، މިދިޔަ ދޮޅު އަހަރުގެތެރޭގައި ހޯދާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ