ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ 144 ހިއްސާދާރުންނާ ހައިބްރިޑް މޮޑެލްއެއްގައި ބާއްވައިފި އެވެ.
ޖުމްލަ 71،335،282 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު ބޭއްވި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅި ހަތަރު ރިޒޮލިއުޝަން ހިއްސާދާރުންގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ އޭގެ ކުރީ އަހަރަށްވުރެ 5.9 ޕަސަންޓުގެ އިތުރުވުމެކެވެ.
2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ދިރާގުގެ 5.1 ޕަސަންޓުގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ހޯދައި، 2023 އަށް ވުރެ 5.5 ޕަސަންޓުގެ ކުރިއެރުމެއް ވަނީ ހޯދައިފައިވެ އެވެ.
ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ދިރާގުން ވަނީ މިދިޔަ އަހަރު 574 މިލިއަން ރުފިޔާ ހަރަދުކޮށް، ނެޓްވޯކް ފުޅާކޮށް ހަރުދަނާކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ.
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70ރ. ދިނުމަށް ހުށަހަޅައި ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66ރ. އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04ރ. ހިމެނެ އެވެ.
ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ