އާރުޓީއެލް ހިދުމަތަށް ކާޑުން ދައްކާ ފައިސާގެ ތަފްސީލު މިހާރު ބެލޭނެ

އެމްޓީސީސީގެ އާރުޓީއެލް ފެރީ އަދި ބަސް ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ ތެރެއިން ބޭންކު ކާޑު ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ދަތުރުގެ ތަފްސީލު ބެލޭނެ ގޮތް ހަދައިފި އެވެ.
ވީ ކިހިނެއް؟ - ބަސް އަދި ފެރީ ދަތުރުތަކަށް ފައިސާ ދައްކާ މީހުންގެ ބޭންކު އެކައުންޓުން ފަހުން ވެސް ފައިސާ ކެނޑޭ ކަމަށް ބުނެ ކަސްޓަމަރުންގެ ޝަކުވާތައް އިވެ އެވެ.
ތަފްސީލް - އެމްޓީސީސީން މިހާރު ވަނީ އާރުޓީއެލް ވެބްސައިޓު މެދުވެރިކޮށް، ކާޑުން ކޮށްފައިވާ މުއާމަލާތްތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
އެ ކުންފުނިން ބުނީ:
ބަސް އަދި މާލެ ސަރަހައްދުގެ ފެރީ ހިދުމަތަށް ކާޑުން ފައިސާ ދައްކާފައިވާ ތަފްސީލު މިހާރު ބެލޭނެ
އާރުޓީއެލް ވެބްސައިޓުގައި ހިމެނޭ 'ޗެކް ޓްރިޕް ޑީޓެއިލްސް' ލިންކުން އެ ތަފްސީލުތައް ފެންނާނެ
އެމްޓީސީސީގެ ދަތުރުތަކަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ފަސޭހަކަމާ އެކު ޓިކެޓު ގަނެވެ އެވެ. މީގެ އިތުރުން، ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ވެސް ދަތުރުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވެ އެވެ.
ބައެއް ދަތުރުތަކަށް ނަގުދު ފައިސާ އިން ވެސް ފައިސާ ބަލައިގަނޭ
ބަސް ދަތުރުތަކަށް ހާއްސަ ޓިކެޓު ވެސް ވިއްކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ