އަންނަ އަހަރުގެ ކުރިން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިނިވަންވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިރޭ މެލޭޝިޔާއަށް ފުރައިވަޑައިގަތުމުގެ ކުރިން ރާއްޖެ ޓީވީއަށް ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ޝަރިީއަތްތައްއް ހިނގާނީ އިންސާފުވެރިކޮށް ކަމަށާއި ފާރިސް ޖަލުގައި ހުންނެވީ އެއްވެސް ކުށަކާ ނުލާ ކަމަށެވެ. އެހެންކަމުން އޭނާގެ ޝަރީއަތް ވަރަށް އަވަހަށް ނިމި 2018 ގެ ކުރިން ފާރިސް މިނިވަން ވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑަކީ އަބަދުވެސް ހެޔޮ ކަންތަކަށް އުންމީދު ކުރާ މީހެއް އެހެންވެ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް އިރާދަކުރެއްވިއްޔާ ފާރިސް ވަރަށް އަވަހަށް ސަލާމަތް ވާނެ ކަމަށް، އޭނަ ހުރީ ކުށެއްކޮށްފައެއް ނޫން، ސާބިތު ކުރެވޭކަށް ވެސް ނެތް، އެހެންވީއާ ސަލާމަތް ވާނެ،" މައުމޫން ވިދާޅުވި އެވެ. "2018 ކޮބާ އަދި، މި އުޅެނީ 2017 ގައި، ވަރަށް އަވަހަށް މިކަން ރަނގަޅަށް ނިމޭނެ،" މައުމޫން ވިދާޅުވި އެވެ.
ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު މެލޭޝިޔާއަށް ވަަޑައިގަންނަވަނީ ހަފްތާއެއްހާ ދުވަހަށް ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ރައީސް މައުމޫން، މެލޭޝިއާއަށް ވަޑައިގެން، މަލޭޝިއާ މަގުން ސިންގަޕޫރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
2018 ގެ ކުރިން ފާރިސް މިނިވަން ވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ