އިތުރު 6 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 226ށް

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
މިއާއެކު ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވެފައިވަނީ 5 ދިވެހިންނާއި ބަންގްލަދޭޝް މީހެއް ކަމަށެވެ.
އެއާއެކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ 89ށް އަރާފައެވެ. ބަންގްލަދޭޝް މީހުންގެ އަދަދަކީ 104 މީހުންނެވެ. ޖުމްލަ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 226ށް އަރާފަ އެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ފެނިފައިވަނީ އާދިއްތަ ދުވަހުއެވެ. އެއީ 73 މީހުންނެވެ. ހޯމަ ދުވަހުގެ މިހާތަނަށް ފެނިފައި މިވަނީ 12 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ