ހދ.އަތޮޅު ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅުގެ ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ހދ.އަތޮޅު ކައުންސިލްގެ އިދާރާއިން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވަނީ އެ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އަތޮޅުގޭގެ ތަޅުދަނޑި ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށާއި އެތަން ހުޅުވައި ބަންދުކުރުމުގެ ކަންތައްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށެވެ. އަދި އަތޮޅުގޭގައި ހުރި އެއްވެސް އެއްޗެއް އެއްވެސް ފަރާތަކުން އެއިމާރާތުން ބޭރަށް ނުގެންދިޔުމަށް ވެސް ފުލުހުންގެ މައްޗަށް މެޖިސްޓަރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ.
ހދ.އަތޮޅުގޭގެ މައްސަލަ އުފެދިފައިވަނީ ކުޅުދުއްފުށީގައި މެރިޓައިމް އެކަޑަމީއެއް ހިންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އަތޮޅުގެ މެރިޓައިމް އެކަޑަމީއާ ހާވާލުކޮށްފައި ވަނިކޮށް މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ދައުލަތުން އެ އެއްބަސްވުން ބާތިލުކޮށްފައިވާތީއެވެ.
އަދި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ އަތޮޅުގޭގައި ހުރި މެރިޓައިމް އެކަޑަމީގެ ތަކެތި ގެންދިޔުމަށްފަހު އެތަން ހދ. އަތޮޅު ކައުންސިލާއި ހަވާލުކުރުމަށް އަންގާފަ އެވެ. ނަމަވެސް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން އެ އެންގުމަށް އަމަލުކޮށްފައެއް ނުވެ އެވެ.
ހދ.އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ