ޖުވެނައިލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލްއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކޯޓު ހިންގުން އަހްމަދު ޝަކީލްއާ ހަވާލުކުރީ ކޯޓުތައް ހިންގަން ތިބޭ ގާޒީން ހަމަސް ދުވަހުން ބަދަލުވާގޮތަށް ޖޭއެސްސީން އެކުލަވާލާފައިވާ އުސޫލާ އެގޮތަށް އަމަލުކުރަން ފަށާފައިވާތީ ޖޭއެސްސީން އަންގައިގެން ކަމަށެވެ. ޖުވެނައިލް ކޯޓު ހިންގުމާއި ޝަކީލް ހަވާލުވީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު ކޯޓުތައް ހިންގަން ތިއްބަވާ ބޭފުޅުންނަކީ ހިންގަން ތިއްބަވާތީއޭ ކިޔާފައި މުސާރައިގެ އިތުރުން ވަކި ހާއްސަ އިލެވެންސެއް ލިބޭ ބައެއް ނޫން. އެހެންވީމާ ހުރިހާ ފަނޑިޔާރުންނަށް ވެސް ހަމަހަމަ އުސޫލަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތަކަށްވޭ މިހެން ބަދަލުވާ އުސޫލަކަށް ހެދީމާ. އެހެންވެ ޖޭއެސްސީން ނިންމި ގޮތަށް ކުރިއަށް މިދަނީ،" ޝަކީލް ވިދާޅުވި އެވެ.
ޖުވެނައިލް ކޯޓުގައި މިވަގުތު ތިބީ ދެ ގާޒީންނެވެ. އެއީ ޝަކީލްގެ އިތުރުން ގާޒީ މުހައްމަދު ނައީމް އެވެ. ޝަކީލްގެ ކުރިން ޖުވެނައިލް ކޯޓުން ހިންގަމުން ދިޔައީ ނައީމް އެވެ.
މީގެ ކުރިން ޖޭއެސްސީން ވަނީ ހައިކޯޓުގެ ހިންގުން އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރުމަށާއި، ޑްރަގް ކޯޓް ހިންގުން އެކޯޓުގެ ގާޒީ މުހައްމަދު އީސާފުޅާ ހަވާލުކުރަން ވެސް ނިންމާފަ އެވެ.
ޖުވެނައިލް ކޯޓު ހިންގުން ގާޒީ އަހުމަދު ޝަކީލާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ