ކާމިޔާބުކަމާއެކު ކޯލިޝަން ކުރިޔަށްދާނެ: މައުމޫން

ސަރުކާ ކޯލިޝަން ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށްދާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސްލް ޖުމްހޫރިއްޔާ، މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޯލިޝަންގެ ތެރޭގައި ހިސާބެއްގެ ނުތަނަވަސް ކަމެއް އުފެދިފައިިވާ ކަމަށް ބެލެވިފައިވާ މި ދަނޑިވަޅުގައި މިރޭ ޕީީޕީއެމުން އުފާފާޅު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ސަރުކާރު ކޯލިޝަން ކާމިޔާބު ކަމާއެކު ކުރިޔަށްދާނެ ކަމަށާއި ކޯލިޝަނުން ކުރި ބުރަ މަސައްކަތުން އިއްތިހާދުގެ އަޣުލަބިއްޔަތެއް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެބައޮތް ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ 'ކޯލިޝަން] ކުރިޔަށްދާނެ އަދި އަޅުގަނޑުމެން ކުރި ބުރަ މަސައްތާއި މާތް ﷲ ގެ ހެޔޮ ރަހުމަތް ފުޅުން އަޅުގަނޑުމެންގެ އިއްުތިހާދުގެ އަޣުލަބިއްޔަތެއް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތުމާއެކީގައި އަޅުގަނޑު އުންމީދު ކުރަނީ އަދި ޔަގީން ކުރަނީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ހުރިހާ ކަންތައްތަކެއް އަދި ރައްޔިތުންގެ މަންފާއާ ލާބައަށްޓަކާ ރާއްވާފައިވާ ހުރިހާ ކަމެއް އިއުލާން ކުރައްވާފައިވާ ހުރިހާ ޕްރޮޖެކްޓްތަކާއި މަޝްރޫއުތަކެއް ހުރިހާ ޕްރޮގްރާމްތަކެއް ކާމިޔާބު ކަމާއެކު ވަރަށް ފަސޭހަ ކަމާއެކު މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާ ތާއީދާއެކު ކުރިޔަށް ދާނެ ކަމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޔަގީން ކުރެވުނީ ކޯލިޝަންގެ އަޣުލަބިއްޔަތު މަޖިލީހުގައި އޮވެގެން ޕީޕީއެމާއި ކޯލިޝަން ޕާޓީތަކުގެ މެނިފެސްޓޯ ގައިވާ ކަންކަން ރައްޔޮތުންނަށް ކޮށްދެވޭނެ ކަމަށް ކަމަށައި އެކަން ރައްޔިތުން ވަނީ ބަލައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދަތުރު ކުރި ކޮންމެ ތަނެއްގައި ދިޔަ ކޮންމެ ރަށެއްގައި އދުނީ ރައްޔިތުން ތާއީދުކޮށްގެން ކޯލިޝަންގެ އަޣުލަބިއްޔަތެއް އޮވެގެންނޭ މިކަން ރައްތޔިތުންނަށް ފުއްދާ ދެވޭނީ އެކަން ވަނީ ރައްޔިތުން ބަލައިގެންފައި،" މައުމޫން ވިދާޅުވި އެވެ.
މައުމޫން މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ކޯލިޝަންގެ ޖަލްސާއެއް ކަމަށް އިއުލާން ކުރި ޖަލްސާއަށް ޖުުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ވަޑައިގެންފައެއް ނުވެއެެވެ. އެހެން ނަމަވެސް ރައީސް މައުމޫން ވެސް އަދި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރަށާއި އެ ޕާޓީގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވާ ކޯލިޝަން ރޫޅިގެން ނުދާނެ މޭރުމުން ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް މައުމޫން ވިދާޅާޅުވީ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގެ މަސައްކަތާ ނުލާ މި އިންތިހާބު ކޯލިޝަނަށް ކާމިޔާބު ނުކުރެވުނީސް ކަމަށް އިޝާރާތް ކުރައްވާ އެ ދެޕާޓީ އާއީ އެ ދެޕާޓީގެ ދެ ލީޑަރުންނަށާއި މެންބަރުންނަށް ވެސް މައުމޫން މިރޭ ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
"އެއީ އެއްޗެއް ޝަކެއް އޮތް ކަމެއް ނޫން. އެކަން އަޅުގަނޑުމެން ޖެހޭނެ ބަލައިގަންނަން. އެ ބޭފުޅުން އެ ކުރެއްވި ބުރަ މަސައްކަތަތަކަށްޓަކައި އެ ދެ ބޭފުޅުންނަށް އަބަދުވެސް ޝުކުރު ދަންނަވަން ޖެހޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ މަސައްކަތުގައި ވަރަށް ގިނަ ގޮންޖެހުމާއި ދަތިތަކާ ކުރިމަތިވި ކަމަށާއި ނަމަވެސް އިހުލާސްތެރި ކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެކަމަކީ ޕީޕީއެމަށާއި ކޯލިޝަނަށް ލިބުނު ކާމިޔާބީއެއް އަދި ބޮޑު ކުރި އެރުމެއް ކަމަށެވެ.
މައުމޫން ބައެއް ދާއިރާތައް ކާމިޔާބު ނުކުރެވުނީ އެތެރޭގައި ހިނގައިދިޔަ ބައް ކަންތައްތަކުގެ ސަބަބުން ކަމަށާއި އެއް ގޮތަކަށް ވެސް ނާކާމިޔާބުވި ބޭފުޅުންގެ ސަބަބުން ވީ ކަމެއް ނޫން ކަމަށާއި އެ ބޭފުޅުނަށް ވެސް ކުރެއްވި ހިތްވަރަށް ސާބަށް ދެއްވާ ކަމަށައި އެބޭފުޅުން ކޯލިޝަންގައި ތިއްބެވުމަށާއި އެގޮތުގައި ތިއްބެވުމަށް އެދި ވަޑައިގަންނަވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ