ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ބޭކެޑް ބީންސް ރިހަ، އަދި މަސްފެން

ބޭކަޑްބީންސް ރިހަ ބޭކެޑްބީންސް ރިހަ ބޭނުންވާތަކެތި 1 ދަޅު ބޭކަޑް ބީންސް 1 ދަޅު ފެންމަސް 1 މޭޒުމަތީސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު) 1 ފިޔާ (އާދައިގެ) 2 ލޮނުމެދު (ދިގަށް ފަޅާލާފައި) 1 ޖޯޑު ކާށިކިރު ⅓ ސައިސަމުސާ އަސޭމިރުސް ހިކަނދިފަތް، ރޯމިރުސް ނުވަތަ ގިތެޔޮމިރުސް، ލޮނު ހަދާނެ ގޮތް ލޮނުމެދާއި ފިޔާ އެއްކުރުމަށް ފަހު ކުޑަ ތެޔޮފޮދެއްގައި ފިޔާ މީރު ކޮށްފައި، އޭގެ ތެރެއަށް ހަވާދުކޮޅު އަޅާފައި މަސްދަޅު (ފެނާ އެއްކޮށް) އަޅާފައި، އަސޭމިރުސް އެޅުން. ރަނގަޅަށް އެއްކޮށްފައި ބޭކަޑްބީންސް އެޅުން. މިރުސް ލާފައި، ކާށިކިރު އެޅުމަށް ފަހު، ބޮކި ޖަހައި ކެކެންދެން ބެހެއްޓުން. ރަނގަޅަށް ކެކިގަތީމައި، ލޮނު (ލާން ވާނީ ވަރަށް މަދުން ސަބަބަކީ ބީންސްގައި ވެސް ލޮނު ހުންނާނެ) ހެޔޮވަރު ކޮށްފައި، (އުނދުން ނިއްވާލާފައި) ހިކަނދިފަތް އަޅާފައި އެއްކޮށްލުން. މަތި ޖަހައިފައި ފަސް މިނެޓު ވަންދެން ބެހެއްޓުން. ބަތް ނުވަތަ ރޮށްޓާ އެއްކޮށް ވެސް މި ރިހަ ވަރަށް މީރު ވާނެ. މަސްފެން މަސްފެން ބޭނުންވާތަކެތި: 200 ގުރާމު ވަޅޯމަސް (ތުނިކޮށް ކޮށާފައި) 2 ޖޯޑު ކާށިކިރު 2 ހިކިމިރުސް (ފޮޅިކޮށްފައި، ކޮށާފައި) 1 ފިޔާ އާދައިގެ (އަރިމަތިން ކޮށާފައި) 2 ބިލަމަގު (ތުނިކޮށް ކޮށާފައި) 1 ފަޅި ލުނބޯ 1 ޖޯޑު ފެން ތިންބައިކުޅަ އެއްބައި ސައިސަމުސާ އަސޭމިރުސް (މުގުރާފައި) ގިތެޔޮމިރުސް (ކޮށާފައި)، ލޮނު، ހިކަނދިފަތް (ކޮށާފައި) ހަދާނެގޮތް މަސް، ހިކިމިރުސް، ފިޔާ، ބިލަމަގު، ހިކަނދިފަތް، އަސޭމިރުސް، ގިތެޔޮމިރުސް އެއްކޮށްފައި ލުނބޯހުތް ޖަހައިގެން މޮޑެލުން. އޭގެ ތެރެއަށް ކާށިކިރާއި ފެން އެޅުމަށް ފަހު، ރަނގަޅަށް ގިރާލާފައި ލޮނު ހެޔޮވަރު ކުރުން. ބަތާއި، ފިހުނު ބަށްޓާ އެއްކޮށް މި މަސްފެން ވަރަށް މީރު ވާނެ. އެޑިޓަރުގެ ނޯޓް: މި ރެސިޕީތަކަކީ، ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ އަންނަނީ ދިވެހި ރަހަތަކަށް އިސްކަން ދީގެން އަމިއްލަ ގޭގައި އެތަކެތި ތައްޔާރުކޮށް، އޭގެ ހުރިހާ މައުލޫމާތަކާއި ފޮޓޯތައް ފޭސްބުކް ޕޭޖް "ރުމާ"ގައި ކިޔުންތެރިންނާ ހިއްސާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ