ކަރަންޓު ބިލް ބޮޑުވާ މައްސަލައާއި ގުޅިގެން އިދިކޮޅުން ސްޓެލްކޯގެ އެމްޑީއާއި ބައްދަލުކުރަން އެދިއްޖެ

މިދިޔަ ޖޫން މަހު މާލޭގެ ވަރަށް ގިނަ ގޭބީސީތަކުގެ ކަރަންޓުބިލް އާދަޔާހިލާފަށް ބޮޑުވެފައިވާތީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއާއި ބައްދަލުކުރަން އެދިއްޖެއެެވެ.މިގޮތުން އެ ކޯލިޝަނުގެ ފަރާތުން، ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ، ސްޓެލްކޯއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފާއިތުވި ޖޫންމަހު ވަރަށް ގިނަ ގޭބީސީތަކުގެ ކަރަންޓު ބިލްތަކުގައި ވަރަށް ގިނަ މައްސަލަތައް ހުރިކަމަށް ބުނެ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން ކޯލިޝަނާއި ހިއްސާ ކުރަމުންދާތީ އެ ކަންބޮޑުވުންތައް މުޣުނީއާއި ހިއްސާކޮށް މަޝްވަރާ ކުރުމަށް ކޯލިޝަނުގެ ލީޑަރޝިޕުން ބޭނުންވާކަމަށެވެ. އަދި އެހެން ކަމުން ވީ އެންމެ އަވަހަކަށް އެކަންކަމާއި މަޝްވަރާ ކުރުމަށް އެޕޮއިންޓްމެންޓަކަށް އިދިކޮޅުން އެދިފައިވެއެވެ.ޖޫން މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ވަރަށް ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުކޮށް 2000 ރުފިޔާ އަރާ ބައެއް ގެތަކަށް މިދިޔަ މަހުގެ ބިލް ގައި 4000 ރުފިޔާ އަރާފައި ހުއްޓެވެ. ސްޓްލެކް އިން އެންމެ ފުރަތަމަ ބުނެފައިވަނީ އެއީ ސަބްސިޑީއަށް ވާ ފައިސާ ހިމަނާފައި ނުވުމުން އިތުރުވި އިތުރުވުމެއް ކަމަށެވެ. ނަމަވެސް ކޮވިޑު-19 ގެ ކުރިންވެސް ކަރަންޓި ބިލު ބޮޑު ނުވާވަރަށް ވެފައި ވުމުން އެކަން ބައެއް ފަރާތްތަކުން ފާހަގަ ކުރުމުން ސްޓެލްކޯ އިން ވަނީ އެކަން ބަލަމުންދާކަމަށް ބުނެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ