ރައްޔިތުން މިންޖުކުރަން އުފެއްދި އެންމެ ބާރުގަދަ މަގާމަކީ ޕީޖީ: އޭޖީ ރިއްފަތު

ނުހައްގު ދައުވާ އާއި ބޭއިންސާފުން ރައްޔިތުން މިންޖު ކުރަން ގާނޫނު އަސާސީ އިން އުފެއްދި އެންމެ މުހިއްމު ނުވަތަ ބާރުގަދަ މަގާމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް 12 އަހަރު ފުރުމާއި ގުޅިގެން ޕީޖީ ޝަމީމު ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވަމުން ރިއްފަތު ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމުގެ ބޮޑު ބުރަ މަސްއޫލިއްޔަތު އަދާ ކުރުމަށް ޕީޖީ ޝަމީމާއި ޕީޖީ އޮފީހުގެ މުވައްޒަފުން ކުރައްވާ މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ.
Twitter Embeded
ޕީޖީ އޮފީސް އުފެދިގެން އައީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ.އެއީ 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބުރަ ނުވާ މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނަންވާނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅުމާ ގުޅިގެން އުފެއްދި މުއައްސަސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ