ސުޕްރީމް ކޯޓު ރިސެސްއަށް ދިއުން ފަސްކޮށްފި
ޝަރީއަތުން ބަލާ މައްސަލަތަކުގައި އެންމެ ފަހުގެ ނިޔާ ކަނޑައަޅާ ސުޕްރީމް ކޯޓު ރިސެސްއަށް ދިއުން ފަސްކޮށްފި އެވެ. ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ އެކަކުން ފެށިގެން ރިސެސްއާ ދިއުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި މިއަދު ބުނެފައި ވަނީ ރިސެސް ފަށާ ތާރީޚެއް ފަހުން އިޢުލާންކުރުމަށް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެ ކޯޓުން ބުނީ އަންނަ މަހުގެ އެހެން ތާރީހެއްގައި ރިސެސް ފަށަން ނިންމާފައިވާ ކަމަށެވެ. ރިސެސްގެ ފަށާ މުއްދަތު ފަސްކުރި ސަބަބެއް ސުޕްރީމް ކޯޓުން ހާމައެއް ނުކުރެ އެވެ. ރިސެސްގެ މުއްދަތަކުގައި ވަރަށް މުހިއްމު ޝަރީއަތްތައް ފިޔަވައި އެހެން ޝަރީއަތްތައް ކުރިއަށް ނުގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ