މައްސަލަތައް ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދީފި

ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓުދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މާލެއިން ކަރަންޓް ގޮސްފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު އެވެ. އަދ މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދެވުނީ މެންދުރުފަހު 1:00 ހާއިރު އެވެ،
ސްޓެލްކޯއިން ބުނީ ދިމާވި މައްސަލަތައް ހައްލުކޮށް މުޅި މާލެއަށް މިހާރު ވަނީ ކަރަންޓުދެވިފައި ކަމަށާއި ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
ޑިސްޓްރިބިއުަޝަން ނެޓްވޯކަށް ދިމާވި މައްސަލައާއެކު މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ