ޕީޕީއެމް މެމްބަރު ފަލާހް، ހަތަރު މިލިއަނަށް މާލެއިން ގޯއްޗެއް ބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހް މާލެއިން ގޯއްޗެއް ބައްލަވައިގެންފި އެވެ.
ފަލާހް އަގު ދެއްވައިގެން ބައްލަވައިގެންފައިވަނީ ދަފްތަރު،1458 އަހްމަދު ރަޝީދުގެ ނަމުގައި ރަސްޖިސްޓްރީ ކޮށްފައިވާ މ.އަލްހަދީދު، ނަމަކަށް ކިޔާ ގޯއްޗެވެ. މީ ގޯތި ފަލާހް ބައްލަވައިގެންނެވީ 4000000 (ހަތަރު މިލިއަން ރުފިޔާ) ދީފައި ކަމަށް އެ މުއާމަލާތް ކޯޓުން ނިންމާފައިވާ ހުކުމުގައިވެ އެވެ. އެއީ 1000 އެކަފޫޓުގެ ގޯއްޗެކެވެ.
 
ސިވިލް ކޯޓު މެދުވެރުކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ގޯތީގެ އަގު އެއްކޮން ދައްކާފައިވާތީ އެ ވިޔަފާރި ސައްހަ ކަމަށް ނިންމާފަ އެވެ.
 
" މި ވިޔަފާރީގެ ސަބަބުން މ.އަލްހަދީދު އެވެކިޔާ އަމިއްލަގޯތީގެ މިހާރުގެ މިލްކްވެރި ފަރާތަކީ ރ.އިންނަމާދޫ، ސިމްލާ، އިބްރާހިމް ފަލާހް ކަމުގައި ކަނޑައަޅާ މި ގޮތުގެ މަތީން ހުކުމް ކޮށްފީ ކަމަށް ބުނެފައިވެއެވެ.
 
ފަލާހް ވަނީ ދާދިފަހުން ސްޕީޑް ލޯންޗެއްވެސް ބައްލަވާގެނެފަ އެވެ. އެ ލޯންޗަށް ކިޔަނީ އަސުރުމާ އެކްސްޕްރެސް އެވެ.
 
ފަހަކަށް އައިސް ފަލާހް ވެފައިވަނީ ސަރުކާރާ އިދިކޮޅު މެމްބަރުންނަށް އެންމެ ގިނައިން ބަހުގެ ހަމަލާދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ