މެންބަރު އަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދައި ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ދޮގު މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ ފޯނު އަތުލުމަށްފަހު، ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުސް އިދާއިރާއަށް މިރޭ ރިޔާޒު ހާޒިރުކޮށްފައި ވަނީ ދެ އަމުރަކާއެކު ފުލުހުން އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓަށް ގޮހެވެ. އެ ދެ އަމުރަކީ ރިޔާޒު ގެންގުޅުއްވާ ފޯން އަތުލުމަށް ނެރެފައިވާ އަމުރަކާއި އެޕާޓްމަންޓް ފާސްކުރުމަށް މިރޭ 7:00 ގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރެވެ.
އެޕާޓްމަންޓް ފާސްކުރުމަށް ފުހުންގެންދިޔަ އަމުރުގައި ބުނެފައިވާގޮތުން އެތަން ފާސްކުރަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަ ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ބަދުނާމުކޮށް ހަގީގަތާ ހިލާފް ދޮގު ވާހަކަ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފަތުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައިއެވެ. މިކަމަށް ތުހުމަތުކުރެވޭ ހެއްކަކީ ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން ކޮށްފައިވާ މެސެޖުތަކުގެ ކޮޕީ ކަމަށް ބަޔާންކޮށް, އެ ގޭގައި ހުރި، ރިޔާޒް ބޭނުންކުރައްވާ ލެޕްޓޮޕްތަކާއި ޓެބްލެޓާއި އެ ނޫން ވެސް މައުލޫމާތު ރައްކާކުރާ އިލެކްޓްރޯނިކް ވަސީލަތްތައް ފާސްކުރުމަށްވެސް އެއަމުރުގައިވެ އެވެ.
ދެވަނަ އަމުރެއްގެ ގޮތުން ފުލުހުން ގެންގޮސްފައިވާ ބަލައި ފާސްކުރުމުގެ އަމުރުގައި ވާގޮތުން 48 ގަޑި އިރުގެ މުއްދަތުތެރޭ ފަސްގަޑިއިރަށް ފާސްކުރުމަށް ވަނީ ދެއްވާފައެވެ. ހަމަ އެހެންމެ އެތުހުމަތާއިގުޅިގެން ރިޔާޒްގެ ފޯނާއި ސިމް ކާޑުތަކާއި ޕިން ކޯޑް އަދި ފިންގަޕްރިންޓް ފަދަ މައުލޫމާތު ދިނުމަށް ނެރެފައިވާ އަމުރުގައި، 30 ދުވަހުގެ މުއްދަތަށް ރިޔާޒްގެ ފޯނު ހިފެހެއްޓުމަށް އަމުރުގައިވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލްކޯޓުން މިރޭ ނެރެފައިވާ ދެ އަމުރަކީވެސް މިވަގުތު އެކޯޓް ހިންގެވުމާއިހަވާލުވެ ހުންނެވި ހުންނެވި ގާޒީ އާދަމް އާރިފް ސޮއިކުރައްވައި ނެރެފައިވާ އަމުރުތަކެވެ.
ތަހުގީގަކަށް ރިޔާޒްގެ ފޯނު ހުޅުވައިދޭން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ މީގެ ކުރިންވެސް ވަނީ ރިޔާޒްގެ މައްޗަށް ދައުވާކޮށް ތަހުގީގުކޮށްފައެވެ. ނަމަވެސް އެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތުފެފައެއް ނުވެއެވެ. އަދި އެމައްސަލަ ސާބިތު ނުވުމުން ދައުލަތުން ވަނީ އެމައްސަލަ އިސްތިއުނާފަކޮށްފައެވެ. އަދިވެސް ރިޔާޒުގެ މައްޗަށް ތަފާތު އެކި އެކި މައްސަލަތައް ތުހުމަތު ކުރެވި ދައުވާކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން ކަމަށް ބުނާ މައްސަލާގައި، ރީޔާޒުގެ މައްޗަށް ކުރެވޭ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ފާހަނގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ