ރަސީދު ހޯދާ، ބައިލަންކަ ރުފިޔާގެ އިނާމު ލިބޭނެ

ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު މޯލްޑިސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ "މިއޮތީ ރަސީދު" ކެމްޕޭން މިއަދު ފަށައިފިއެވެ.
މީރާއިން ބުނީ މިއީ، ވިޔަފާރިތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރު އެޅުމުގެ ގޮތުން މިއަދުން ފެށިގެން އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ކެމްޕޭންގައި ކޮންމެ މަހަކު ވެސް އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަކަށާއި އެންމެ ގިނައިން "ޞައްޙަ ނޫން" ރަސީދު ހޯދާ ފަރާތެއްގެ އިތުރުން މުޅި ކެމްޕޭންގެ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަށް ފައިސާގެ އިނާމުތައް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ.
މި ކެމްޕޭންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހޯދާ ރަސީދު ގައި އެ ފަރާތެއްގެ ފޯނު ނަންބަރު ލިޔުމަށްފަހު އެ ރަސީދުގެ ފޮޓޯއެއް 9551415 އަށް ވައިބަރ ކުރުމަށާއި ވީހާވެސް ގިނަ ތަންތަނުން، ވީހާވެސް ގިނަ ބަޔަކު ރަސީދު ހޯދުމަށްފަހު މީރާއަށް ފޮނުވަމުން ކެމްޕެއިން ގައި ބައިވެރި ވެވޭއިރު އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 1415 އަށް ގުޅުމަށް މީރާއިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ