ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް މިރޭ ފުލުހަށް ހާޒިރުކޮށްފި އެވެ. ގާސިމްގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ މާރިޔާ އަހުމަދުދީދީ އާއި މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އެވެ.
އެއެމްއެމް ކައިރިން ހިންގަވާފައި ގާސިމް ވަޑައިގެންނެވި އިރު އެ ސަރަހައްދަށް އޭނާގެ ސަޕޯޓަރުންނާއި އިދިކޮޅުބައެއް ފަރާތްތަކުން ވަނީ ޖަމާވެފަ އެވެ. ފުލުސް އޮފީހަށް ވަދެ ވަޑައިގަތުމުގެ ކުރިން ގާސިމް ވިދާޅުވީ އޭނާ ހުންނެވީ ސާބިތު ކަމާއެކުގައި ކަމަށާއި އޭނާ ހާޒިރު ކުރަނީ ކޮންކަމެއް ގައިކަން އެނގޭނީ ފުލުސް އިދާރާގެ ތެރެއަށް ވަދެ ވަޑައިގަތުމން ކަމަށެވެ.
ގާސިމް ފުލުހަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ