އަލިފުށި ދާއިރާގެ ކެމްޕޭނަށް ޕީޕީއެމުން ރ. އަތޮޅަށް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރ. އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށީ ދާއިރާގެ ގޮނޑީގެ ކެމްޕޭނަށް ޕީޕީއެމްގެ ޓީމެއް މިއަދު އެ އަތޮޅަށް ފުރައިފި އެވެ.
އެ އިންތިހާބުގައި ޕީޕީއެމްގެ އިތުރުން، އެމްޑީޕީ އާއި ޑީއާރްޕީ އަދި ޖުމްހޫރީ ޕާޓީން ވެސް ވާދަކުރެ އެވެ.
ޕީޕީއެމުން ބުނީ ބައި އިލެކްޝަނުގެ ކެމްޕޭނަށް ރ. އަތޮޅަށް ވަޑައިގެންނެވީ އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހީމާއި ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީންގެ އިތުރުން ބައެއް ކައުންސިލް މެމްބަރުންނާއި މަޖިލީސް މެމްބަރުން ކަމަށެވެ. އެ ދަތުރުގައި އަލިފުށީގެ އިތުރުން އެ އަތޮޅު ވާދު އާއި ރަސްގެތީމު އަދި އަނގޮޅިތީމަށް އެ ޓީމުން ދަތުރުކުރާނެ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުގެ މެމްބަރުން އިތުރުކުރުމަށް ދާދި ފަހުން ވަނީ ހއ. އަތޮޅަށް ދަތުރެއްކޮށްފަ އެވެ. އެ ދަތުރުގައި ވެސް އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޔާމީނާއި އަބްދުއްރަހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ