ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާގައި މިއަދު އޮތް އަޑު އެހުން ކެންސަލްކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާ އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގައި މިއަދު 15:30 އަށް ތާވަލްކޮށްފައި އޮތް އަޑު އެހުން ކެންސަލްކުރީ މިއަދަކީ ރަސްމީ ބަންދު ދުވަހަކަށް ވާތީއެވެ.I've been informed that Criminal Court hearing is cancelled today as it's a public holiday! pic.twitter.com/myKt7Vh4wV— Abdulla Riyaz MP (@riyazabdulla) May 7, 2017
ކުރީގެ ކޮމިޝަނަށް އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކުރަނީ ކޯޓް އަމުރެއްގެ ދަށުން ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގެ ޕިންކޯޑް ދޭން އެދުމުން ފުލުހުންނަށް ޕިންކޯޑް ނުދިން މައްސަލައިގައެވެ.
އެ މައްސަލައިގައި ދައުލަތުން ހުށަހަޅާ އެކިންގެ ހެކިބަސް ވަނީ ނަގާފައެވެ. އެގޮތުން ހަތަރު ފުލުހެއްގެ ހެކިބަސް ވަނީ ނަގާފައެވެ.
ނަމަވެސް ހެކިބަސްދިން ފުލުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރިޔާޒް ފޯނު ދިނުމަށް ކޯޓް އަމުރުދައްކާފައި އެދުމުން ރިޔާޒު ފޯނު ދިންކަމަށް ބައެއް ހެކިން ބުނިއިރު ފޯން ދިނުމަށް އެދުމުން އެކަމަށް ދެކޮޅުހަދައި ރިޔާޒް ފޯނު ޖީބަށް ލީކަށް ބައެއް ހެކިން ވަނީ ބުނެފައެވެ.
އަދި ރިޔާޒުގެ ފޯނު ދިންއިރު ފޯން އޮތީ ހުޅުވާފައި ކަމަށާއި ފޯނަށް މެސެޖާއި ކޯލް އަންނަމުން ދިޔަކަމަށްވެސް ބައެއް ހެކިން ބުނެއެވެ. އަދި ރިޔާޒުގެ ފޯނު ނިއްވާލި މީހަކުވެސް ހެކިންގެ ބަހުން ސާފެއް ނުވެއެވެ.
އަބްދުﷲ ރިޔާޒްގެ ޝަރީއަތް ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ