މިދިޔަ މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުން ތަންފީޒްކުރެވެން ޖެހޭކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިންގ މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނުގެ ފަރާތްޕުޅުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި އިންޑިއާގެ ވޯލްޑް އިސް ވަން ނިއުސް އަށް ދެއްވި އިންޓަވިއުގައި ދުންޔާ ވިދާޅުވީ ރައްޔިތުން ނިންމާފައިވަނީ ވަރަށް ސާފު ނިންމުމެއްކަމަށާއި ހުރިހާ އިދާރާއަކުންވެސް އެނިންމުން ބަލައިގެންފައިވާ ކަމުގައެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެފައިވަނީ ބަހުސްވެސް ނުކުރެވޭނެފަދަ ބޮޑު ބައްޔަކުން ކަމަށާއި ނަމަވެސް ރައީސް ޔާމީން އުޅުއްވަނީ ގޮތް ދޫނުކުރެއްވުމަށްކަމަށް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ބައްޕާފުޅު މައުމޫނު އަބްދުލްގައްޔޫމާއި ކޮއްކޮ ފާރިސް މައުމޫނު ހިނެމޭގޮތުން ގިނަ ބަޔަކު ޖަލަށްލާ ރައީސް ޔާމީން އަނިޔާދެއްވާފައިވާ ކަމުގައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ރައީސް ޔާމީން ހިންގެވި ކަންކަމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންތައްތައް ނޫންކަމަށް ރިޔާސީ އިންތިހާބުގެ ވޯޓުން ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމުގައެވެ.
ރައްޔިތުން ނިންމި ނިންމުން ތަންފީޒު ކުރެވެން ޖެހޭ: ދުންޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ