މަޑުއްވަރީގެ ރައްޔިތުން ނުކުމެ ބަންދުކުރި ކައުންސިލަރުން ދޫކޮށްލައިފި

މ. މަޑުއްވަރީގެ ރައްޔިތުން ނުކުމެ މިއަދު ބަންދުކުރި ކައުންސިލަރުން އެންމެފަހުން ދޫކޮށްލައިފިއެވެ. އެ ކައުންސިލަރުންނަށް ބޭރަށް ނުނުކުމެވޭގޮތަށް ބަންދުކޮށްފައި ހުރީ މަޑުއްވަރީގެ ކައުންސިލް އިދާރާގެ އޮފީހުގެ ބޭރުގައެވެ. މަޑުއްވަރީ ކައުންސިލްގެ ނާއިބު ރައީސް ހަސަން މަހާސިން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގެ ރައްޔިތުން ރުޅިއައިސްގެން އުޅެނީ އެ އަތޮޅުގައި އޮޕަރޭޓްކުރަމުން ދިޔަ ފެރީ އެ ރަށަށް ދަތުރުކުރުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެ އަތޮޅު ފެރީގެ ހިދުމަތް އެ ރަށަށް ހުއްޓިފައި އޮންނަތާ މިހާރު ދެ މަސްވެދާނެ ކަމަށެވެ. " އަޅުގަނޑުމެން ކައުންސިލުންވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ކިތަންމެ ފަހަރަކު ހުށަހަޅައިފިން. އެދެވޭ ޖަވާބެއް ނުލިބޭ. އަޅުގަނޑުމެންވސް ގަބޫލުކުރަން ރައްޔިތުންގެ ކަންބޮޑުވުންތައް. މިހާރުވެސް މި މަސައްކަތް ކުރަމުންދަނީ ހައްލެއް ލިބޭތޯ " މަހާސިން ވިދާޅުވިއެވެ. ރަށުގެ ރައްޔިތުންވަނީ އެ ކައުންސިލް އިދާރާގެ ކުރިމަތީގައި ބޯޑުތައް ހިފައިގެން އިހުތިޖާޖުތައްވެސް ކޮށްފައެވެ. " މިކަމާ ޒިންމާ ވާނެ މީހަކު ނުވޭ. މިނިސްޓަރު ނަހުލާއާވެސް ބައްދަލުނުވޭ." އެރަށުގެ މީހަކު ހިފައިގެން ހުރި ނަންބޯޑެއްގައި ލިޔެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ