ޕީއެސް5 ދައްކާލުން އަންނަ ހަފްތާގައި، އުފަން ދުވަހުގެ ހަދިޔާއަކަށް ބޭނުން

ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މިހާރު އެންމެ އިންތިޒާރު ކުރާނެ އެކައްޗަކީ ޕްލޭސްސްޓޭޝަން (ޕީއެސް) 5 އެވެ. އެގޮތުން މިހާރުން ފަށައިގެން އޭގެ ވާހަކަ އާއި ފެންނަ ފޮޓޯތައް އެކި މީހުންނަށް ފޮނުވައި، އުފަން ދުވަސް ދަނީ ހަނދާން ކޮށްދެމުންނެވެ.
ޕީއެސް  އުފައްދާ ސޮނީން މިހާރު ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ދައްކާލަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އެ ހަފްލާގައި ޕީއެސް5 އިން ކުޅެވޭ ގޭމްތައް ވެސް ދައްކާލަން ހަމަޖެހިފައިވާއިރު ހަފްލާ ގަޑިއިރަކަށްވުރެ ގިނައިރު ވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އަންނަ ބު ދުވަހު ވެސް ސޮނީ އިން ހަފްލާއެއް ބާއްވާނެއެވެ. އެ ހަފްލާ ބޮޑަށް އަމާޒުކޮށްފައިވަނީ ގޭމުތަކަށެވެ. އަދި ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި އިތުރު ހަފްލާތަކެއް ވެސް ބޭއްވުން ގާތެވެ.
ސޮނީ އިން މިހާތަނަށް ވަނީ ޕީއެސް5 ގެ ސްޕެކްސްތަކާއި ލޯގޯ އަދި އާ ވަޔަލަސް ކޮންޓްރޯލާ ވެސް ދައްކާލައިފައެވެ. ނަމަވެސް ޕީއެސް5ގެ ކޮންސޯލް ދައްކާލާފައެއް ނުވެއެވެ.
ޕީއެސް5 ގެ ސްޕެކްސް:
ސީޕީޔޫ: 8x ޒެން 2 ކޯސް (3.5 ގިގަހާޓްސް)
ޖީޕީޔޫ: 10.28 ޓީފްލޮޕްސް، 36 ސީޔޫސް (2.23 ގިގަހާޓްސް)، އާރުޑީއެންއޭ 2 އާކިޓެކްޗާ
ރެމް: 16 ޖީބީ ޖީޑީޑީއާރުސިކްސް
ސްޓޯރޭޖް: ކަސްޓަމް 825 ޖީބީ އެސްއެސްޑީ
އޮޕްޓިކަލް ޑްރައިވް: 4ކޭ ބްލޫ ރޭ ޑްރައިވް
ޕީއެސް5 ދައްކާލުމުގެ ހަފްލާ އަންނަ ހަފްތާގައި ބޭއްވި ނަމަވެސް، ކޮންސޯލް ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ