ލޮކްޑައުންއާއިއެކު މާލޭގައި ތާށިވި ދާއިރާގެ ރައްޔިތުންގެ ޙާލު އެމްޕީ ހަސަން ބައްލަވައިފި

މާލެ ލޮކްޑައުން ކުރިއިރު މާލޭގައި ތާށިވެފައިތިބި އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ ޙާލު ބައްލަވާފައިވާކަމަށް އެމްޕީ ޙަސަން އަޙުމަދު ވިދާޅުވެއްޖެއެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ‏ކޮވިޑް19 އާއި ގުޅިގެެން މާލެ  ލޮކްޑައުން ކުރިއިރު ރަށަށް އެނބުރި ނުދެވި،  އަދި އެނބުރި  ދާން ނަންނޯޓް ކޮށްފައިވާ ދާއިރާގެ ރައްޔިތުންނަށް ގުޅުއްވާ ޙާލު ބައްލަވާފައިވާ ކަމަށެވެ.  އެމްޕީ ޙަސަން އިތުރަށް ވިދާޅުވެފައިވަނީ، ‏މި އުނދަގޫ ވަގުތު ލޮބުވެތި ރައްޔިތުން ދައްކަވަމުންދާ ކެތްތެރިކަމަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ދުޢާއަކީ އެންމެން  މިހާލަތުން  އާންމު ޙާލަތަށް ރުޖޫޢަވުމުގެ ހެޔޮ ތައުފީގެ މާތް ﷲ މިންވަރުކޮށްދެއްވުން ކަމަށްވެސް މެންބަރު ޙަސަން ވިދާޅުވެފައިވެއެވެ. މިފަދައިން ރަށަށް ނުދެވި ތިބި މީހުންގެ ލިސްޓް ދާދިފަހުން ސަރުކާރުން އިޢުލާން ކޮށްފައިވާއިރު ގިނަ ޢަދަދެއްގެ ބަޔަކު އަތޮޅު ތެރެއަށް ދާން ބޭނުންވެގެން ނަން ނޯޓް ކޮށްފައިވާކަންވަނީ އެނގިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ