މުސާރައާއި ސާވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރެއް ނޫން: ގާސިމް

މުސާރައާއި ސާވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ގާބީލް އަދި ހިންގުންތެރި ވަޒީރެއް ކަމަށް ވިދާޅުވެ ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ ކަމުގައިވީނަމަވެސް އަދި މުވައްޒަފުންނާއި ގުޅޭ ކަމެއްވިޔަސް އެކަމެއް ކުރަންވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ގޮތަކަށް ކަމަށެވެ.
އަދި މުސާރައާއި ސާވިސް ކަންޑައަޅާނީ މިނިސްޓަރު ނޫން ކަމަށް ގާސިމް ކުރެއްވި ޓްވީޓުގައިވެއެވެ. ގާސިމް މިފަދައިން ޓްވީޓު ކުރެއްވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް އަލީ ވަހީދު ވިދާޅުވުމުން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް އަމާޒުވުމުން އެކަމަށް މައާފަށް އެދިވަޑައިގެންފައިވާ ވަގުތެއްގައެވެ.Jumhooree Party Ge Raees, Adhi Tourism Min @ali20waheed akee qaabil hingguntheri wazeereh. Tourism industry ah, Viyas Muazzafunnaa behey Kameh viyas e kameh kurahvaanee Qaanoo nee gothun kurehven oiy kameh oiy gothakah kan yaqeen.Musaara aa service kada alhanee Ministar eh noon— Qasim Ibrahim (@qasimibrahim) December 28, 2019
އަލީ ވަހީދު ދެއްކި ވާހަކަތައް މިނިސްޓްރީން ސާފުކޮށްދީފައިވާއިރު އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ބައެއްފަހަރު "މެއިން ސްޓްރީމް" ވެގެން އަންނަނީ ރިސޯޓުން ކަނޑާލާ މީހާ ދައްކާ ވާހަކަ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ރިސޯޓުތަކުގައި ހުރި ޝަކުވާތައް ވެސް ގިނަފަހަރު ޓްވީޓު ކޮށްފައި ހުންނަނީ ވެސް ވަގު އެކައުންޓުތަކުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ގިނަ ފާޑުކިޔުންތަކެއް އަލީ ވަހީދަށް އަމާޒުވެފައިވާއިރު އޭނާގެ ދިފާއުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޓްވީޓު ކުރައްވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ މިނިމަމްވޭޖްއާއި ސާވިސް ޗާޖު މައްސަލަ އަލީ ވަހީދަށް ހައްލު ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ