ކައުންސިލްތަކުގެ ޢުމުރު ފަސް އަހަރަށް އިތުރުކުރުމަށް ޤާނޫނުއަސާސީ އިސްލާހު ކުރަނީ

ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުން އެކުލަވާލައްވައިފިއެވެ. އެޓާނީ ޖެނެލަރް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޤާނޫނޫ އަސާސީ އިޞްލާޙުކުރުމަށް އެކުލަވާލެއްވި ބިލާއި ލާމަރުކަޒީ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމަހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުއްވައިފައެވެ.
އެޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް އެކުލަވާލެއްވި ބިލްގައި، އިޞްލާޙު ކުރުމަށް ހުށަހަޅައިފައި ވަނީ ޤާނޫނު އަސާސީގެ އަށްވަނަ ބާބެވެ. އެއީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބާބެވެ. ހުށަހަޅައިފައިވާ އިޞްލާޙްތަކުގެ ތެރޭގައި ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން 5 އަހަރަށް އިތުރުކުރުން ހިމެނެވެ. ކޮންމެ ރެށެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މެމްބަރުންކަމުގައި ކަނޑައެޅުން ހިމެނެއެވެ. އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބް ރައީސުން އިންތިޚާބުކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ކަނޑައެޅުން ވެސް އެބާބަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ