ހިސާން ، ކުޑަކުދިންތަކަކަށް އަނިޔާ ކުރިކަމަށް ބުނާ މައްސަލައެއް ރައީސްގެ ސަމާލުކަމަށް

ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫދާއިރާއަށް ވާދަކުރައްވާ ހިސާން ހުސެން މީގެ އަހަރު ތަކެއް ކުރިން ކުޑަކުދިން ތަކަކަށް އަނިޔާ ކުރި މައްސަލައެއް ރައީސްގެ ސަމާލު ކަމަށް ގެނެސްފިކަމަށް ދުވަހު ނޫސް “ވަގުތު “އިން ބުނެފިއެވެ.
އެނޫހުން މި ޚަބަރު ގެނެސްދެމުން ބުނެފައިވަނީ ހިސާން އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އަނިޔާ ލިބުނު ކުދިންތަކުގެ ތެރެއިން ކުއްޖަކު މިހާރުވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފައެވެ.
“ރައީސް ސޯލިހަށް އޭނާ ފޮނުވި ސިޓީގައި މީގެ އަހަރު ތަކެއް ކުރިން އޭނާގެ އިތުރުން އޭރު އެ ގޭގައި (މ.ނޫހިރި) ގޭގައި ކިޔަވަން ތިބި އިތުރު ހަތަރު ކުއްޖަކަށް ހިސާން ކުރި ބޮޑެތި ލާއިންސާނީ އަނިޔާތަށް ވަރަށް ތަފުސީލް ކޮށް ވަނީ ބަޔާން ކޮށްދީފައެވެ.
ސިޓީގައި ވާގޮތުން ހިސާން ވަނީ އެމީހުން ކިޔަވަމުން ދިޔަ ގެއިން ފެނާއި ކަރަންޓު ކަނޑާލައި, ކުދިން ނިދާފައި ތިބި ކޮޓަރީގެ ފެންލައިޓުން އެޅިގަލެއް ވެސް އެއްލާފައެވެ. ފެނާއި ކަރަންޓު ކަޑާލުމުން އެދުވަސްވަރު ގައިން ތާހިރުވީ ޕަބްލިކް އިސްކުރުތަކުން ހަންހަމުގައި ފެންގެނެސްގެންނާއި އުއްބަތި ދިއްލައިގެން ކަމަށް ސިޓީގައި ވެއެވެ. މީގެ އިތުރުން ނިދާފައި ތިބި ކޮޓަރީގެ ތަޅު އެތައް ފަހަރަކު ހިސާން ހަލާކު ކުރި ކަމަށް ވެސް ސިޓީގައި ވެއެވެ.
ކަރަންޓް ކަޑާލުމުން ގާތްގަޑަކަށް 15 ދުވަހު ކަނު އަދިރީގައި އުޅެން ޖެހުނު ކަމަށާއި މި ކަން އެންމެ ރަނގަޅަށް އެގިލައްވާނެ ފަރާތަކީ ހިސާންގެ ބައްޕަ އައްޝައިހު ހުސެއިން ޔޫސުފް ކަމަށް މި ސިޓީގައި ވެއެވެ. ސިޓީގައި ވާގޮތުން ހިސާން ގެ ބައްޕަަ ވަނީ އެކަން އެގޮތަށް ނުކުރުމަށް ހިސާން އަަށް ނަސޭހަތް ތެރިވެފައެވެ.
ނަމަވެސް ބައްޕަގެ ނަސޭހަތް އަޑުނާހައި ހިސާން ވަނީ އޭނާގެ އިތުރުން ދެން ތިބި ހަތަރު ކުރިން ގެއިން ނެރެ މަގުމަތި ކޮށްލާފައި ކަމަށާއި ހިސާން ކުރި އަނިޔާގެ މައްސަލަތައް މީގެ ކުރިން އޭނާ ފުލުހަށް ވެސް ހުށައެޅި ކަމަށް ސިޓީގައި ވެއެވެ.
ރައީސް ސޯލިހަށް ފޮނުވި މި ސީޓީގައި ބުނެފައި ވަނީ އެމްޑީޕީ އަކީ ވަކި މީހަކަށް ވަކިގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަަށް ވީހިދު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާއި މެދުވެސް އަމަލު ކުރިގޮތަށެވެ.
އޭނާ ބުނީ މި މައްސަލާގައި ހެކިވެސް އޭނާގެ އަތުގައި އެބަހުރި ކަމަށާއި މި މައްސަލާގައި ހެކިބަސް ދިނުމަށް އޭނާ ތައްޔާރަށް ހުރި ކަމަށެވެ.
ސިޓީ ފޮނުވި މީހާގެ ތުހުމަތުތަކާއި ގުޅޭ ގޮތުން ހިސާން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.”ވަގުތު ނޫހުގައި ލިޔެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ