ހަމަލާއަށްފަހު ލަންކާގެ ޓޫރިސްޓު ހޮޓާތަކަށް ފަޅުކަން

މިދިޔަ އާދިއްތަ ދުވަހު އައިއެސް ޖަމާއަތުން ސްރީލަންކާގެ ނަން މަޝްހޫރު ޓޫރިސްޓު ހޮޓާތަކަށާ، ޗާޗުތަކަށް ދިން ހަމަލާތަކާ ގުޅިގެން އެގައުމުގެ ފަތުރުވެރިކަމަށް އަސަރުކޮށް ހޮޓާތަކަށް އަންނަން ތިިބި ފަތުރުވެރިން ބުކިންތައް ކެންްސަލް ކުރަން ފަށައިފިއެވެ.
"ނިއުސް ފަސްޓު" ނޫހަށް ލަންކާގެ ޖެޓްވިންގް ހޮޓެލްގެ ޗެއާމަން ޝިރުމަލް ކޫރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެ ހޮޓެލް ޗެއިންގެ ހޮޓަތަކުން ވެސް އެތައް ބަޔަކު ބުކިން ކެންސަލްކުރަމުން އަންނަކަމަށެވެ.
"ސީދާ ޕަސަންޓޭޖެއް ދަންނަވަން ދަތި. ގިނަ ބަޔަކު އަންނަނީ ބުކިން ކްންސަލް ކުރަމުން. ބައެއް މީހުން ގުޅާފައި އެބައަހާ ލަންކާއަށް އަންނަން ރައްކާތެރިތޯ. އަނެއް ބަޔަކު އަންނަނީ އެއްވެސް އަހާލުމެއްވެސް ނެތި ބުކިން ކެންސަލް ކުރަމުން،" ކޫރޭ ވިދާޅިުވިއެވެ.
ލަންކާގެ ޓޫރިޒަމް ޓޫރިޒަމް ޑިވެލޮޕްމަންޓު އޮތޯރިޓީގެ ޗެއާމަން، ކިޝޫ ގޮމޭސް ވިދާޅުވެފައިވަމީ ހަމަލާތަކާ ގުޅިގެން ލަންކާގެ ޓޫރިޒަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ވާނެކަމަށެވެ. ނަމަވެސް މަޑުމަޑުން އަލުން ޓޫރިޒަމް ރަނގަޅުުވާނެކަމުގެ ޔަގީންކަންވެސް އެބައޮތްކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.
ލަންކާގައި ދިން ހަމަލާތަކުގައި 350 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 40 ވަރަކަސް މީހުން އެގައުމުގައި ވަނީ ހަމަލާތަކުގެގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. އަދި އެގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، މިރޭވެސް ފަތިހާ ހަމައަށް އޮތީ ކާފިއު އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ