މިދިޔަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ފެނަކައިން ވެސް ނިންމައިފި

ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުންވެސް ނިންމައިފިއެވެ.މިދިޔަ ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވެ، ޝަކުވާ ބޮޑުވުމުން ސްޓެލްކޯ އިން ވެސް ވަނީ ބިލްތަކަށް 40 ޕަސެންޓު ސަބްސިޑީ ދޭން ނިންމައިފަ އެވެ. ފެނަކައިން މިއަދު ކުރި ޓްވީޓެއް ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.ކޮވިޑާ ގުޅިގެން ސްޓެލްކޯއެކޭ އެއްގޮތަށް ފެނަކައިންވެސް ކަރަންޓު މީޓަރުގެ ރީޑިން ނަގައިފައިވަނީ ކަސްޓަމަރުން ފޮނުވި ފޮޓޯތަކުގެ މައްޗަށް ބަލައިގެންނެވެ. ރީޑިންގެ ފޮޓޯ ނުލިބޭ ތަންތަނުގެ ބިލު ހެދީ އެވްރެޖު ބިލެއް ކަމަށާއި އެގޮތުން އޭގެ ކުރީ ތިންމަހުގެ އެވްރެޖު ބަލައި، ބިލު ހެދި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.ބިލްތަކަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމެއް ވެސް ވަނީ ހަމަޖައްސައި ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ