100 ވަނަ މެޗާއެކު ޖަރުމަނު ތާރީހުގެ ތެރެއަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ޖަރުމަނު ކުޅޭ މެޗަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ މެޗެކެވެ.
މި މެޗާއެކު ޖަރުމަނު ވެގެންދާނީ ވޯލްޑް ކަޕުގައި 100 މެޗު ކުޅޭ ފުރަތަމަ ގައުމަށެވެ. ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނު މިހާތަނަށް ކުޅުނު 99 މެޗުގެ ތެރެއިން 99 މެޗު ކާމިޔާބުކޮށްފައިވާއިރު 19 މެޗު ވަނީ އެއްވަރުވެފަ އެވެ. ބަލިވީ 20 މެޗުންނެވެ. މި ހުރިހާ މެޗެއްގައ އެމީހުން 2016 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް ވަނީ 117 ގޯލެވެ. އަދި އެމީހުން ވަނީ ހަތަރު ފަހަރު ވޯލްޑް ކަޕް ފައިނަލްގައި ކުޅެ ބަލިވެފަ އެވެ.
މި މުހިންމު މެޗާ އެމީހުން ކުރިމަތިލާއިރު ކެޕްޓަން ފިލިޕް ލާމް އާއި ގޯލް ކީޕަރު މެނުއަލް ނިއުއާ ވަނީ މުޅިން ފިޓްވެފަ އެވެ. ލާމް ކުޅޭނީ އާއްމުކޮށް އޭނާ ގައުމީ ޓީމުގައި ކުޅޭ ވާތުވެކްގެ މަގާމުގެ ބަދަލުގައި ޑިފެންސިވް މިޑްފީލްޑަށެވެ.
ޕޯޗުގަލް ޓީމަށް ބަލާއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ މުޅިން ފިޓްވެފަ އެވެ. އަދި ޒުވާން ޑިފެންޑަރު ވިލިއަމް ކަވާޅޯ ވެސް މިރޭގެ ފުރަތަމަ އެގާރައިގައި ކުޅެން ނުކުތުން ގާތެވެ.
މިރޭގެ މެޗަށް ނުކުންނައިރު މި ދެ ގައުމު މިހާތަނަށް ކުޅުނު 17 މެޗުގެ ތެރެއިން ޕޯޗުގަލް މޮޅުވީ އެންމެ ތިން މެޗުންނެވެ. އެއްވަރުވީ ފަސް މެޗެވެ. އަދި އެންމެ ފަހުން ބޮޑު މުބާރާތެއްގައި ދެ ގައުމު ބައްދަލުކުރި ތިން މެޗު ވެސް ކާމިޔާބުކުރީ ޖަރުމަނެވެ. އެއީ 2006ގެ ވޯލްޑްކަޕާއި 2008 އާއި 2012ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ