ރަވީގެ ”ހަޔާތް“ – މުޅިންނާއި ދާދިގާތަށް ތެދު މިސާލުތަކެއް!

މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރާއްޖެ ޓީވީން ޕްރޮޑިއުސްކޮށް ގެނެސްދެމުން އަންނަ #ހަތަރުމަންޒަރު ޑްރާމާ ސީރީޒްގެ ފުރަތަމަ ޑްރާމާ ރަވީ ފާރޫޤްގެ ”ހަޔާތް“ މިއީ މުޅިންނާއި ދާދިގާތަށް ތެދު މިސާލުތަކެއް ހިމަނައިގެން ގެނެސްދީފައިވާ ޢިބްރަތުން ފުރިގެންވާ ޢާއިލީ ޑްރާމާއެކެވެ.
”ހަޔާތް“ މިއީ ރަވީ ފާރޫޤްގެ ފިލްމީ ޙަޔާތުގައިވެސް ކޮށްފައިވާ ތަފާތު މަސައްކަތެކެވެ. ތަފާތު ތަޖުރިބާއެކެވެ. މިއީ ރަވީގެ ފުރަތަމަ ސްކްރީން ރައިޓިން ހިމެނޭ ޑްރާމާއެވެ. ޑްރާމާ ލިޔެ ހަދަންވީގޮތް ކިޔައިދިނީ (ޑައިރެކްޓްކުރީ) ވެސް ރަވީ އެވެ.
54:49 ސިކުންތުގެ މި ޑްރާމާގެ މުހިންމު ބައިވެރިންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ރަޝީދު (ދަރާ)، ޢަލީ ފާރޫޤް، މުޙައްމަދު ސޮލާޙް، މުޙައްމަދު ޢީތަން ޖުމައިހް، އައިމިނަތު ރަޝީދާ، ޢާއިޝަތު ރިޝްމީ ރަމީޒް އަދި މަރިޔަމް ޢައްޒަ ހިމެނެއެވެ.
”ހަޔާތް“ ޑްރާމާގެ އިތުރު ވާހަކަތަކެއް ދައްކާކަށް ނެތީމެވެ. މި ޑްރާމާ ބަލައިލުމަށްފަހު އަމިއްލައަށް އިންސާފުކޮށްލާށެވެ.
ހަޔާތް މި ލިންކުން ބައިލައިލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ