އެޗްޑީސީއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އެޗްޑީސީން ބުނީ ފަހެއް އެޕްރީލްއިން ފަށައިގެން ނުވައެއް އެޕްރީލްއާއި ހަމައަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީ، އެ ދުވަސްތަކުގެ ތެރެއިން އެކުންފުނީގެ ކޭޝް ކައުންޓަރުން ފައިސާ ބަލައިގަންނާނީ 7،8 އަދި 9ވަނަ ދުވަހުގައި ކަމަށެވެ.
މި ދުވަސްތަކުގައިވެސް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު ނުވައަކުން ފެށިގެން މެންދުރު ބާރަ ޖަހަންދެންނެވެ.
ނަަމަވެސް މި ދުވަސްވަރަކީ އިޖްތިމާއީ ގައިދުރުކަން އިސްކުރަންޖެހޭ މުއްދަތަކަށް ވާތީވެ، އޮންލައިންކޮށް ފައިސާ ދެއްކުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން އޮންލައިންކޮށް ފައިސާ ދެއްކުމަށް އެޗްޑީސީގެ އެކައުންްޓް ނަންބަރު 003-134831-7701 އަށް ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ދެއްކި ރިސިޕްޓާއި ތަނުގެ ތަފްސީލް 7290488އަށް ވައިބަރ ކުރުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ