ރޭޑިއޭޓާ ފެކްޓްރީ އޮތީ ތައްޔާރަށް

ރާއްޖެ މިހާރު މިއޮތް ހާލަތުގައި ވެސް އިންޖީނެއްގެ ރޭޑިއޭޓަރެއްގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެހީތެރި ވެދޭނެ ކަމަށް ރޭޑިއޭޓަރު ފެކްޓްރީ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
އިންޖީނުގެ ރޭޑިއޭޓަރު ހެދުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ އެއް ކުންފުނި ކަމަށްވާ، ރޭޑިއޭޓަރު ފެކްޓްރީގެ ވެރިޔާ ހުސެއިން ނިޒާމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކޮށްފައިވީ ނަމަވެސް އިންޖީނެއްގެ ރޭޑިއޭޓަރަކަށް މައްސަލައެއް ދިމާ ވެއްޖެނަމަ އެ ކުންފުނިން އެއެއްޗެއް ހަދައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. މައްސަލައެއް ދިމާ ވެއްޖެނަމަ އަޅުގަނޑުމެންނާ ހަމައަށް ގެނެސް ދިނުމުން އެހީތެރިކަން ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.
ރޭޑިއޭޓާ ފެކްޓްރީއަކީ އިންޖީނުތަކުގެ ރޭޑިއޭޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމުގެ މަސައްކަތް ކުރާ ކުންފުންޏެކެވެ. ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ރޭޑިއޭޓާ ފެކްޓްރީ ޕްރައިވެޓް ލިމިޓެޑުން ދަނީ ސަރުކާރާއި އަމިއްލަ ގިނަ ކުންފުނިތަކެއްގެ އިންޖީނުތަކާއި ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަ ހައްލުކޮށް ދެމުންނެވެ.
ރޭޑިއޭޓަރު ފެކްޓްރީން މަސައްކަތް ކުރަނީ ތައިލެންޑުުގެ ފެކްޓްރީއަކާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ކަސްޓަމަރުންނަށް ލިބިގެން ދާ ބޮޑު ހިތްހަމަ ޖެހުމެކެވެ. މި ފެކްޓަރީން އެންމެ ކުދި އެންމެ ބޮޑެތި ޖަނަރޭޓަރު ސެޓުތަކުގެ ރޭޑިއޭޓަރު މަރާމާތު ކުރުމުގެ ހިދުމަތް ވެސް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ